23 މެއި 2019 - 13:30

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ 28 ޕަސެންޓް ދަށްވެއްޖެ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 20 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނު އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 28 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ފައިދާ ކުޑަވުމުގެ އެއް ސަބަބަކީ ނަގާފައިވާ ލޯނަށް ދައްކަންޖެހުނު އިންޓްރެސްޓް ބޮޑުވުމެވެ. އެގޮތުން އިންޓްރެސްޓްގެ ގޮތުގައި 13.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް 981 އެކި ފަރާތްތަކުގެ އަތުން ނަގާފައިވާ އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އެކި ފަރާތްތަކުގެ އަތުން ނަގާފައިވާ ފައިސާ އުޅެނީ 856 މިލިއަން ރުފިޔާގަ އެވެ.
އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ފައިދާގެ 40 ޕަސެންޓް ހިއްސާދާރުންނަށް ބެހުމަށް ނިންމައިފަ އެވެ. އެގޮތުން ހިއްސާއަކަށް 25ރ. ގެ މަގުން ބެހުމަށް ނިންމާފައިވެ އެވެ. އެ ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރެވެ. އެގޮތުން 49 ޕަސެންޓް ސަރުކާރު ހިއްސާވާ އިރު އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން 18 ޕަސެންޓް ހިއްސާވެ އެވެ. އަދި އޭޝިއަލް ޑިވެޕޮލްމެންޓް ބޭންކް (އޭޑީބީ) އިން 18 ޕަސެންޓް ހިއްސާވާ އިރު އިންޑިޔާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓުން 15 ޕަސެންޓް ހިއްސާވެ އެވެ.
އެޗްޑީއެފްސީން އަންނަނީ ރާއްޖޭގައި ހިންގާ ހައުސިން ބޮޑެތި މަޝްރޫއުތައް ހިންގުމަށް ކުންފުނިތަކަށް ލޯނު ދެމުންނެވެ. އެގޮތުން މިހާރު ވެސް ހައުސިން ނުވަ މަޝްރޫއުއަކަށް އެ ކުންފުނިން އަންނަނީ ފައިސާ ދެމުންނެވެ. އެ ކުންފުނިން މިހާތަނަށް 1.6 ބިލިއަން ރުފިޔާގެ ފައިސާ ވަނީ ދޫކޮށްފަ އެވެ.