26 މެއި 2019 - 08:29

އިންޑިއާގެ އެންމެ މަޝްހޫރު އެއް ބިނާ ކަމަށްވާ ތާޖް މަހަލް އަށް ޒިޔާރަތްކުރާ ކިރުމައިންނަށް އެތަނުގައި ކޮޓަރިއެއް ހާއްސަކުރަން ނިންމައިފި އެވެ.

ގާތުން ބޯ ތުއްތު ދަރިންނާ އެކު ތާޖް، މަހަލްގައި ހޭދަކުރާ ވަގުތުތަކުގައި ބުއްދެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ ގޮތުން ހަދާ ކޮޓަރީގެ ހިދުމަތް ދޭން ފަށާނީ ޖުލައި މަހުގެ ތެރޭގަ އެވެ. އެކަމަކުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
"ކިރުމައިންނަށް ހާއްސަ ކުރާ ކޮޓަރީއަކީ ދަރިންނަށް ބުއްދޭން މައިން އުފުލަން ޖެހޭ ތަކުލީފު ކުޑަވެގެން ދާނެ ތަނެއް،" އޭނާ ވިދާޅުވި އެވެ. "ތާޖް މަހަލްއަކީ އަހަރަކު އެތައް މިލިއަން މައިން އެ މީހުންގެ ތުއްތު ދަރިން ވެސް ގޮވައިގެން ޒިޔާރަތް ކުރާ ތަނެއް،" އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭއެސްއައި) ގެ އިސް އޮފިޝަލެއް ކަމަށްވާ ވަސަންތު ކުމާރު ވިދާޅުވި އެވެ.
މިއީ އިންޑިއާގެ ތާރީހީ ބިނާއެއްގައި ކިރުމައިންނަށް ހާއްސަ އިންތިޒާމެއް ހަމަޖައްސައި ދިން ފުރަތަމަ ފަހަރު ވެސް މެ އެވެ. އަދި މި ނިންމުމަށް ވަރަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ. ވަސަންތު ވިދާޅުވި ގޮތުގައި އައިންޑިއާގެ އެހެން މޮނިއުމަންޓްތަކުގައި ވެސް މި އިންތިޒާމް އިންތިޒާމު ހަމަޖެއްސުމަކީ އަމާޒެކެވެ.
އިންޑިއާގެ އާގްރާގައި ހުންނަ ތާޖް މަހަލް އިމާރާތް ކުރީ 17 ވަނަ ގަރުނުގައި މުގާލްގެ ރަސްކަމުގައި ރާނީ މުމްތާޒް މަހަލްގެ ލޯބީގެ ރަމްޒެއްގެ ގޮތުގައި ޝާހް ޖަހާނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރަކު 8 މިލިއަން މީހުން ތާޖް މަހަލް އަށް ޒިޔާރަތްކުރެ އެވެ.