27 ޖޫން 2019 - 14:44

ފުޑް ކޯޓުގައި ހުންނަ ޓީ ޖެޓީ ރެސްޓޯރެންޓުން ރޯދަމާއި ފިތުރު އީދާ ދިމާކޮށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި އެވެ.

ޓީ ޖެޓީ ރެސްޓޯރުންޓްގެ ރޯދަމަހުގެ ޕްރޮމޯޝަނަށް ހުށަހެޅި އުމްރާ ދަތުރު ލިބުނީ ކ. ކާށިދުއަށް ނިސްބަތްވާ އާމިނަތު އިސްމާއީލް އަށެވެ. ފިތުރު އީދާ ދިމާކޮށް ހުޅުވި ޕްރޮމޯޝަންގެ ނަސީބުވެރިޔަކީ ހއ. ހޯރަފުށީ ޝަޒިއްޔާ ނަސީރެވެ. އޭނާއަށް ވަނީ ބީއެމްއެލްގެ 2،000 ރުފިޔާގެ ގިފްޓު ކާޑެއް ލިބިފަ އެވެ.
ޓީ ޖެޓީ ރެސްޓޯރުންޓުގެ ވެރިޔާ އަބްދުﷲ ވަހީދު (ވައްޑެ) ވިދާޅުވީ ޕްރޮމޯޝަންތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ޕްރޮމޯޝަންތައް އެ ރެސްޓޯރެންޓުން ކުރިއަށްގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓީ ޖެޓީ ރެސްޓޯރެންޓް ހިންގަނީ ފުޑް ކޯޓުގެ 19 ނަންބަރު ގޮޅީގަ އެވެ. މިއީ އާންމުންގެ މަގުބޫލުކަން ބޮޑު ރެސްޓޯރެންޓެކެވެ.