ކްރިސް އެވަންސްގެ ބަދަލުގައި "އިންފިނިޓް" މާކް ވޮލްބާގަށް
ކްރިސް އެވަންސްގެ ބަދަލުގައި "އިންފިނިޓް" މާކް ވޮލްބާގަށް

މިދިޔަ ފެބްރުއަރީ މަހު އެކްޓަރު ކްރިސް އިވަންސް ސޮއިކުރި ޕެރަމައުންޓް ޕިކްޗާޒްގެ އެކްޝަން ތުރިލާ "އިންފިނިޓް" މާކް ވޮލްބާގަށް ހުށަހަޅައިފި އެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ކްރިސް ފިލްމު ދޫކޮށްލަން ނިންމީ އޭނާ ސޮއިކޮށްފައި ހުރި އެހެން ފިލްމުތަކާއި "އިންފިނިޓް" ޝޫޓިން ފައްތަރުވާތީ ވަގުތު ދެވެން ނެތުމުން ކަމަށެވެ. އެހެންވެ ވޮލްގާބަށް ފިލްމު ހުށަހަޅައި، އޭނާ ފިލްމަށް ގެނައުމުގެ މަޝްވަރާތައް މިހާރު އަންނަނީ ކުރެވެމުންނެވެ.

"އިންފިނިޓް" އަކީ ލިޔުންތެރިޔާ ޑީ އެރިކް މާއިކްރާންޒް 2009 ގައި ގެނެސް ދިން ވާހަކަ "ދަ ރެއިންކާނޭޝަނިސްޓް ޕޭޕާޒް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ވާހަކަ ސްކްރީނަށް ފައްކާކޮށް ދެނީ އިއަން ޝޯގެ ސްކްރީންޕްލޭއަކީ އެކީގަ އެވެ.

"ޓްރެއިނުން ޑޭ" އާއި "އީކްއެލައިޒާ 2" ފަދަ ފިލްމުތައް ގެނެސް ދިން އެންޓޮނީ ފުގްއާ ޑައިރެކްޓް ކުރާ "އިންފިނިޓް" ގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ފަށަން ތާވަލުކޮށްފައިވާ އިރު، ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޮގަސްޓް 7، 2020 ގަ އެވެ.

ހޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ވޮލްބާގް، 48، އަށް "އޮންފިނިޓް" ހުށަހެޅި އިރު، އޭނާ އެންމެ ފަހުންމ ފެނިފައި ވަނީ މިދިޔަ ނޮވެމްބަރު މަޖު ރިލީޒް ކުރި "އިންސްޓަންޓް ފެމިލީ" އިންނެވެ.

"ޕްލެނެޓް އޮފް ދި އޭޕްސް" އާއި "އިޓާލިއަންް ޖޮބް" އަދި "ޑީޕް ވޯޓަ ހޮރައިޒަން" ފަދަ އެތައް ފިލްމެއް ކުޅުނު ވޮލްބާގް ދެން އެންމެ އަވަހަށް ފެންނާނީ ނެޓްފްލިކްސްގެ "ވޮންޑަލެންޑް" އިންނެވެ.