01 ޖުލައި 2019 - 07:37

ޝާލޮކް ހޯމްސްގެ ކެރެކްޓާ މީގެ ކުރިން ވެސް ބެލުންތެރިން ސްކްރީނުގައި އެތައް ފަހަރަކު ތަޖުރިބާކޮށްފައި ވާނެ އެވެ. މި ކެރެކްޓާ ފެންނާނެ އިތުރު ފިލްމެއް ގެނެސްދޭން އަނެއްކާވެސް އަންނަނީ ތައްޔާރުވަމުންނެވެ. މި ފަހަރު އެހެން އެކްޓަރަކާ އެކީގަ އެވެ.
ނޭންސީ ސްޕްރިންގްސްގެ ވާހަކަ ސީރީޒް "ދަ ކޭސް އޮފް މިސިން މާކްއެސް" ގެ ދަށުން ގެނެސްދިން "އެނޯލާ ހޯމްސް މިސްޓްރީޒް" އަށް ބިނާކޮށް ހަދާ "އެނޯލާ ހޯމްސް" ގައި ޝާލޮކް ހޯމްސްގެ ކެރެކްޓާ އިން މި ފަހަރު ފެނިގެން ދާނީ ސުޕަމޭންގެ ރޯލް ވެސް ކުޅުނު އަދި މިދިޔަ އަހަރު ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް: ފޯލްއައުޓް" ގެ ރޯލެއް ވެސް ކުޅުނު ހެންރީ ކެވިލް އެވެ.
"އެނޯލާ ހޯމްސް" އަށް ސޮއިކުރިކަން ކަށަވަރުކޮށް ދެމުން ކެވިލް ކުރި ޓްވީޓެއްގައި ބުނީ ޝާލޮކް ހޯމްސްގެ ކެރެކްޓާ ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިލީއާ އެކު ސްކްރީން ހިއްސާ ކުރަން ލިބުމަކީ ވެސް ނަސީބެއް ކަމަށެވެ.
ސިލްސިލާ "ކިލިން އީވް" ގެނެސް ދިން ހެރީ ބްރެޑްބިއާ ޑައިރެކްޓް ކުރާ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ސިލްސިލާ "ހިޒް ޑާކް މެޓީރިއަލްސް" ގެ ސްކްރީންޕްލޭ ލިޔުނު ޖެކް ތޯނެވެ.
ކުރިއަށް އޮތް ހޫނު މޫސުމުގައި ޝޫޓިން ފަށާ "އެނޯލާ ހޯމްސް" ގެ ޓައިޓްލް ރޯލް ކުޅޭނީ މިލީ 15، އެވެ. އަދި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހެލެނާ ބޯހަމް ކާޓާ ވެސް ހިމެނެ އެވެ. އޭނާ ކުޅޭނީ އެނޯލާގެ މަންމަގެ ރޯލެވެ.