25 ޖުލައި 2019 - 12:24

ސަރުކާރު މުވައްޒަފުން މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ގުޅިގެން ފިނޭންސް މިނިސްޓްރީން މިއަދު ފަށާފައިވާ މި ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކުގަ އެވެ. މީގެ އިތުރުން އިތުރު 14 އަތޮޅެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށްގެންދާ އަތޮޅުތަކުގެ އިތުރުން އެހެން އަތޮޅުތަކުގެ ބައިވެރިން ވެސް ބައިވެރިވާނެ ކަމަށެވެ. އެގޮތުން ޕްރޮގްރާމް ނުހިންގާ އަތޮޅުތަކުގެ ބައިވެރިން ޕްރޮގްރާމް ހިންގާ އަތޮޅުތަކަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ މިިނިސްޓްރީން މައުލޫމާތު ދެއެވެ.
ފުވައްމުލަކުގައި މިއަދު ފަށާފައިވާ މި ޕްރޮގްރާމް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމުގައި އެ ސިޓީގެ 12 މުއައްސަސާއަކުން 62 މީހަކު ވަނީ ބައިވެރިވެފަ އެވެ.