މުޒާހަރާ ރޫޅާލަން ކޯޓު އަމުރު ލިބުމާ އެކު އެއާޕޯޓް ހުޅުވައިފި
މުޒާހަރާ ރޫޅާލަން ކޯޓު އަމުރު ލިބުމާ އެކު އެއާޕޯޓް ހުޅުވައިފި

ހޮން ކޮން (އޮގަސްޓް 14) - އެއާޕޯޓުގައި ކުރިއަށްދާ މުޒާހަރާ ރޫޅާލަށް ހޮން ކޮންގެ އޭވިއޭޝަން އޮތޯރިޓީން ކޯޓު އަމުރެއް މިއަދު ހޯދުމާ އެކު އެއާޕޯޓު މިއަދު ހެނދުނު ހުޅުވައިފި އެވެ.

މުޒާހަރާ ރޫޅާލަން ކޯޓު އަމުރު ލިބުމާ އެކު އެއާޕޯޓް ހުޅުވައިފި
މުޒާހަރާ ރޫޅާލަން ކޯޓު އަމުރު ލިބުމާ އެކު އެއާޕޯޓް ހުޅުވައިފި

ޑިމޮކްރެސީ އެކްޓިވިސްޓުން ސަރުކާރާ ދެކޮޅަށް ފަށާފައިވާ ހަރަކާތްތަކުގައި އެއާޕޯޓުގައި މުޒާހަރާ ކުރަން ފެށުމުން ހޯމަ ދުވަހު ވެސް ގިނަ އަދަދެއްގެ ފްލައިޓް ކެންސަލް ކުރަން ޖެހުނެވެ. އިއްޔެ ހެނދުނު އެއާޕޯޓް ހުޅުވި ނަމަވެސް މެންދުރު ފަހު މުޒާހަރާ ވަރުގަދަކޮށް، މުޒާހަރާގެ ބައިވެރިން ޑިޕާޗާ އޭރިއާ ހިފުމާ އެކު އެއާޕޯޓް ވަނީ ބަންދުކޮށްފަ އެވެ.

މުޒާހަރާ ރޫޅާލަން ކޯޓު އަމުރު ލިބުމާ އެކު އެއާޕޯޓް ހުޅުވައިފި
މުޒާހަރާ ރޫޅާލަން ކޯޓު އަމުރު ލިބުމާ އެކު އެއާޕޯޓް ހުޅުވައިފި

މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ރޭ ވަނީ ކުރިމަތިލުން ހިންގައި ބައެއް މީހުން ޒަޚަމްވެފަ އެވެ. މިއަދު އިރުއަރަންވާ އިރަށް ފުލުހުން ވަނީ ޓާމިނަލުން މީހުން ހުސްކޮށްފަ އެވެ.

އެއާޕޯޓުގައި ކުރާ މުޒާހަރާ ރޫޅާލަން ހޮން ކޮން އެއާޕޯޓްސް އޮތޯރިޓީން ކޯޓު އަމުރެއް ހޯދި ނަމަވެސް އެ އަމުރު ފުލުހުން ތަންފީޒް ކުރާނެ އިރެއް އަދި ނޭނގެ އެވެ. އެއާޕޯޓުގައި އަދިވެސް މުޒާހަރާ ކުރާ މީހުންގެ ބައެއް މީހުން އެބަތިއްބެވެ.

ކުށްވެރިން ޗައިނާއާ ހަވާލު ކުރަން ފާސްކުރަން އުޅުނު ބިލަކާ ދެކޮޅަށް ހޮން ކޮންގައި ފެށި މުޒާހަރާތައް ކުރިއަށް ގެންދާތާ ދިހަވަރަކަށް ހަފުތާވެއްޖެ އެވެ. ބިލް ފާސް ކުރުން މަޑުޖައްސާލާފައިވީ ނަމަވެސް މުޒާހަރާތަކަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ހޮން ކޮންގެ ލީޑަރު ކެރީ ލަމް އިއްޔެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މުޒާހަރާތަކުގެ ސަބަބުން ގައުމު ވަނީ އަޑިނޭނގޭ ވަޅުގަނޑަކަށް ވެއްޓިފައި ކަމަށެވެ.