19 ސެޕްޓެމްބަރ 2016 - 19:27

އެމެރިކާގެ ފްލޮރިޑާގައި މިއަދު މޫދު ކުޅިވަރުގެ ހާއްސަ މުބާރާތެއްގެ ގަދަ އަށެއްގައި ހިމެނި ބޮޑު ކުރިއެރުމަކާ އެކު ރާއްޖޭގެ އެއް ވަނަ ފްލައިބޯޑަރު އިބްރާހިމް ހުސެއިން (އިއްބަޑޭ) އޭނާގެ ކުޅަދާނަކަން ދައްކާލައިފި އެވެ.
ޒަޕާޓާ ރޭސިންގް އެންޑް ޕޮރޯ ވޯޓަ ކްރޮސް ފްލައިބޯޑް ވޯލްޑް ޗެމްޕިއަންޝިޕްގައި އިއްބަޑޭ ކުއާޓާ ފައިނަލުން ޖާގަ ހޯދީ އިނގިރޭސިވިލާތުގެ ފްލައިބޯޑަރު ސޮނީ ބީން ބަލިކުރުމަށް ފަހު އެވެ.
އިއްބަޑޭ އަށް މުބާރާތުން ކެޓީ މުބާރާތުގެ ދެ ވަނަ ހޯދި ސްޓީވް ޕާމާ އަތުން ކުއާޓާ ފައިނަލުގައި ބަލިވުމުންނެވެ.
ގަދަ އަށެއްގައި ހިމެނުމަކީ އިއްބަޑޭ އަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރު އަލަށް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވެ އޭނާ ވަނީ ދުނިޔޭގެ 26 ވަނަ ހޯދައިފަ އެވެ. އެހެންކަމުން މި މި މުބާރާތުގެ ގަދަ އަށަކަށް ދިއުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
އިއްބަޑޭ ވަނީ މިދިޔަ ޖޫން މަހު ފްރާންސްގައި އޮތް ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދައިފަ އެވެ. އަދި މިދިޔަ އަހަރު އޮތް އުތުރު އެމެރިކާ ފްލައިބޯޑް ޗެމްޕިއަންޝިޕްގައި ވެސް ވާދަކުރި އެވެ.
ފްލޮރިޑާ މުބާރާތުގައި ވާދަކުރަން އިއްބަޑޭ އަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިންނެވެ. މީގެ އިތުރުން މި މުބާރާތުގައި އިއްބަޑޭ ބައިވެރިވުމަށް ޒަޕާޓާ ރޭސިން، އޮލިމްޕިއާ، ޓާބޮޓެކް، ލިކުއިޑް ވޯޓާ ސްޕޯޓްސް އަދި ފްރާންސްގެ ފްލައިކެޕްޓަން އެހީވި އެވެ.