ފުލުހުންގެ މޮޓޯކޭޑުގައި ފުރަތަމަ ފަހަރަށް އަންހެން ފުލުހެއް!
ފުލުހުންގެ މޮޓޯކޭޑުގައި ފުރަތަމަ ފަހަރަށް އަންހެން ފުލުހެއް!

ފުލުހުންގެ ވީވީއައިޕީ މޮޓޯކޭޑުގައި ފުރަތަމަ ފަހަރަށް އަންހެން ފުލުހަކު މިއަދު ބައިވެރިވެއްޖެ އެވެ.

ރާއްޖެއަށް މިއަދު ވަޑައިގަތް ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައިގެ ސެކިއުރިޓީ ކަންތައް ބަލަހައްޓަން ދިޔަ ފުލުހުންގެ ވީވީއައިޕީ މޮޓޯކޭޑުގައި ބައިވެރިވެ، ފުލުހުންގެ ތާރީޚުން ޖާގަ ހޯދީ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ލާންސް ކޯޕަރަލް އަލީނާ މޫސާ އެވެ.

އަލީނާގެ މި އިސްނެގުމާ ގުޅިގެން ފުލުސް އޮފީހުން ކުރި ޓްވީޓެއްގައި އެކަން ސިފަކުރީ "އަންހެނުންނަށް ވެސް މިފަދަ ކަންކަމުގައި ބައިވެރިވެވޭނެ ކަން ދައްކައިދިނުން" ކަމަށެވެ.

ދިވެހި އަންހެން ފުލުހުން ގެންދަނީ ފުލުހުންގެ އެކި މަގާމުތަކުގައި، ތަފާތު ޒިންމާތައް ނަގަމުންނެވެ.