11 ސެޕްޓެމްބަރ 2019 - 09:30

ސައިރިކްސް ކޮލެޖުން އައްޑޫގައި ޑިނގާ ފާމެއް ތަރައްގީކުރަން ނިންމައި، އެކަމާ ގުޅޭ މަސައްކަތްތަކެއް ފަށައިފި އެވެ.
އެ ކޮލެޖްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއާ ގުޅޭ ގޮތުން ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އައްޑޫގެ ޖަމިއްޔާތަކާ ގުޅިގެން ޑިގާ ފާމެއް ތަރައްގީކުރަން ތައިލެންޑްގެ މާހިރުންގެ ޓީމެއް މި މަހު އައްޑު އަށް ދާން ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއަށް ހިނގާ ހުރިހާ ހަރަދެއް ވެސް ކުރާނީ ސައިރިކްސްގެ ކޮލެޖްގެ ސީއެސްއާރްގެ ދަށުންނެވެ. އައްޑޫގައި ޝްރިމްޕް ފާމެއް ހަަދަން ހުޅުމީދު އަކީ މިކަން ކުރެވިދާނެ ތަނެއް ކަމަށާއި އެގޮތުން ކުޅީގައި މިކަން ކުރެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދިރާސާ އަށް ފަހު މިކަމުގެ އަމަލީ މަސައްކަތްތައް ފެށިގެން ދާނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ކާމިޔާބު މަސައްކަތަކަށް ވެސް ހެދިދާނެ ކަމަށެވެ.
"ތައިލެންޑްގެ އަވަށެއްގައި ހިންގާ މިފަދަ ޝްރިމްޕް ފާމްތައް ރާއްޖޭގެ ރަށްރަށުގައި ހަދައި، ރާއްޖޭގެ ޓޫރިސްޓް ރިސޯޓުތަކަށް އަދި ރެސްޓޯރެންޓުތަކަށް ސަޕްލައި ކުރެވިދާނެ. އޭގެ އިތުރުން ބޭރުގެ ގައުމުތަކަށް އެކްސްޕޯޓް ވެސް ކުރެވިދާނެ،" ޝަރީފް ވިދާޅުވި އެވެ.