އުމުރުން 92، އެކަމަކު އަނބިމީހާގެ ހަނދާނުގައި ހިލޭސާބަހަށް މަސައްކަތް ކުރުމުގައި
އުމުރުން 92، އެކަމަކު އަނބިމީހާގެ ހަނދާނުގައި ހިލޭސާބަހަށް މަސައްކަތް ކުރުމުގައި

އެމެރިކާގެ ނިއު ޔޯކްގެ ރިވަޑޭލްގައި ހުންނަ، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ގެއެއްގެ ތެރޭގައި، އުމުރުން ނުވަދިހައިން މައްޗަށް ގޮސްފައިވާ އެތައް ބަޔަކު އެކި ވަސީލަތްތަކުގެ އެހީގައި ހިނގާފައި އުޅޭތީ ފެނެ އެވެ. އެކަމަކު އޭގެ ތެރޭގައި ހިމެނޭ 92 އަހަރުގެ ޖެރީ ޝްނައިޑާ އަކީ އެތަނުގައި ބަލަހައްޓާ މީހެއް ނޫނެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް އެތަނުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ މީހެކެވެ.

ޖެރީ ފުރަތަމަ އެތަނަށް ދިޔައީ 2007 ވަނަ އަހަރު އަނބިމީހާ ކެންސަރަށް ޑައިގްނޯސް ވުމުން އެ ބައްޔަށް ފަރުވާ ކުރުމަށެވެ. އެތަނުގައި އަނބިމީހާ އޮތް އިރު ޖެރީ ކޮންމެ ދުވަހަކު ޒިޔާރަތްކޮށް އަނބިމީހާ ގޮނޑިއަށް ލައިގެން ދުއްވަ އެވެ. އެހެން އުޅޭއިރު އެކަނިވެރި އެތައް ބަޔަކު ފެނުނެވެ. އަނބިމީހާ އެދުނީ އޭނާ ނެތް ދުވަހަކު ވެސް އެފަދަ އެކަނިވެރިންނަށް އެހީތެރިވެދިނުމަށެވެ.

ޖެރީ ފުރަތަމަ ހީކޮށްގެން ހުރީ އޭނާ އަށް އަނބުރާ ދާން ނުޖެހޭނެ ކަމަށެވެ. އަދި އަނނބިމީހާގެ ބަލި ވެސް ފަސޭހަ ވާނެ ކަމަށެވެ. ނަސީބު ދެރަކަމުން އެ ދުވަސް ނުފެނި އެ ބަލީގައި އަނބިމީހާ ދުނިޔެ ދޫކުރީ އެވެ. އަނބިމީހާ އެދުނު ކަންތަކުގެ މަތިން ހަނދާން ނެތިފައި ހުއްޓާ އެކަން ހަނދާންކޮށްދިނީ ޖެރީގެ ފިރިހެން ދަރިފުޅެވެ.

ޖެރީ އަންނަނީ، އަނބިމީހާ އަށް އެހީތެރިވެދިން ތަނުގައި އޮތް ތިން މީހަކަށް އެހީތެރިވަމުންނެވެ.

ޖެރީ ކިޔައިދިން ގޮތުން އެތަނުގައި ތިބޭ ގިނަ މީހުން ބޭނުންވަނީ ވާހަކަދައްކައިލާނެ، އެކުގައި ވަގުތު ހޭދަ ކުރާނެ އެކުވެރިއެކެވެ. ބައެއް މީހުން ހީކުރަނީ ޖެރީގެ ވެސްއަޅައިލާނެ މީހަކު ނެތި އެތަނުގައި އޮންނަން ޖެހިފައިވާ ކަމަށެވެ. އެހެންވެ، ޖެރީ އޮންނަނީ ކޮން ކޮޓަރިއެއްގައިތޯ ވެސް އަހަ އެވެ.

ޖެރީ އަކީ އެތަނުގައި ދިރިއުޅޭ މީހެއް ނޫންކަމާއި މަސައްކަތްކުރާ މީހެއް ކަމަށް ބުނުމުން އެހެން މީހުން އަޖައިބުވެ އެވެ. މަސައްކަތް ކުރަން އޭނަ މާ މުސްކުޅި ކަމަށް ބުނެ އެވެ. އޭގެ ޖަވާބުގައި އޭނަ ބުނަނީ އެކަމަށް އޭނާ މުސްކުޅި ނޫން ކަމަށެވެ.

ޖެރީ އޭނާގެ އަނބިމީހާގެ އެދުމުގެ މަތިން، އުމުރުން ދުވަސްވީ އެކަނިވެރި އެތައް ބަޔަކާ އެކު ވަގުތު ހޭދަކޮށް އެ މީހުންނަށް ހިތްހަމަޖެހުން ހޯދައިދެ އެވެ.