23 ސެޕްޓެމްބަރ 2019 - 10:18

މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ހަތް ގޭގެ ތެރެއިން އަރިއަޅާލި ގެ ރޫޅާލަން ފަށައިފި އެވެ.
އެއީ، އަބަދަށްފެހިމަގުގައި ހުންނަ ހ. ކީވް އެވެ.
އެމްއެންޑީއެފުން ބުނީ އެއީ ހޮޅި އާއި ޓިނު ބޭނުންކޮށްގެން ހަތަރު ބުރިއަށް ހަދާފައިވާ އިމާރާތެއް ކަމަށެވެ. އަދި އެ އިމާރާތް ރޫޅާލުމުގެ މަސައްކަތް ކުރަނީ ސިފައިންނެވެ.
ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ، ހަތް ގެ އަނދައި ހުލިވެފައިވާ އިރު ހާލުގައި ޖެހިގެން 400 އަށް ވުރެ ގިނަ މީހުން ވަނީ ޑިޒާސްޓަ އޮތޯރިޓީގައި ރަޖިސްޓަރީވެފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ސަރުކާރުން ވަނީ ވަގުތީ ހިޔާ ހަމަޖައްސައިދީފަ އެވެ.