30 މެއި 2016 - 10:48

ޓޯކިޔޯ (މެއި 30) - ބަސް ނާހާތީ އަދަބު ދިނުމުގެ ގޮތުން ޖަޕާނުގެ ޖަންގައްޔެއްގެ ތެރޭގައި ބެހެއްޓި ހަތް އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެ ކުއްޖާ ގެއްލުނުތާ ދެ ދުވަސް ވެފައިވާއިރު، އެ ކުއްޖާ ޖަންގަލި ތެރޭގައި ބެހެއްޓީ އަދަބު ދިނުމުގެ ގޮތުން ކަމަށް އެ ކުއްޖާގެ މައިންބަފައިން ވަނީ އެއްބަސްވެފަ އެވެ. ޖަޕާނުގެ ހޮކައިޑޫ ޖަންގައްޔަކީ ސާރިދޯޅު ގިނަ ސަރަހައްދެކެވެ.
އެ ކުއްޖާގެ މައިންބަފައިން އެންމެ ފުރަތަމަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ، ތަރުކާރީ ކަނޑަން ޖަންގަލި ތެރޭގައި އުޅެނިކޮށް އެ ކުއްޖާ ގެއްލުނީ ކަމަށެވެ. އެކަމަކު އެ ކުއްޖާ އަށް އަދަބު ދިނުމުގެ ގޮތުން ފަސް މިނިޓަށް ޖަންގަލި ތެރޭގައި އެކަނި ބެހެއްޓުމަށް ފަހު އެނބުރި ދިޔަ އިރު ވެސް އެ ކުއްޖާ ނުފެނުނު ކަމަށް އެ ކުއްޖާގެ މައިންބަފައިން ފަހުން ބުނެފައިވެ އެވެ.
އެތައް ސަތޭކަ މީހުން މިހާރު އަންނަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ކުއްޖާގެ ބައްޕަ ޖަޕާނުގެ މީޑިއާ އަށް ކިޔައިދިން ގޮތުގައި، އެންމެ ފުރަތަމަ އެ ކުއްޖާ ގެއްލުމުން ކަން ހިނގި ގޮތް ތެދަށް ކިޔައިދޭން ނުކެރުނީ ކަމަށެވެ.