ސްޓެލްކޯ އަށް ދިއުމުން އެލްއީޑީ ދެ ލައިޓު ހިލޭ!
ސްޓެލްކޯ އަށް ދިއުމުން އެލްއީޑީ ދެ ލައިޓު ހިލޭ!

މާލޭގެ ގޭގެ އަށް ދޫކުރުމަށް ސަރުކާރުން ދީފައިވާ ލެޑް ލައިޓު، ސްޓެލްކޯ އިން ހިލޭ ބަހަން ފަށައިފި އެވެ.

މިއީ، އާންމުން ދިރިއުޅޭ ހުރިހާ ގެ އަކަށް ހަދިޔާ ކުރުމަށް ސަރުކާރުގެ ފަރާތުން ބަހާ ލައިޓުތަކެކެވެ. މިއީ މި ޕްރޮގްރާމް ކުރިއަށް ގެންދާ ދެވަނަ ފަހަރެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ކޮންމެ ކަރަންޓު މީޓަރަކަށް ދެ ލައިޓު ދޫކުރާނެ ކަމަށެވެ.

ސްޓެލްކޯ އިން ވަނީ މި ލެޑް ލައިޓުތައް ބެހުމަށް އެ ކުންފުނީގެ ހެޑް އޮފީހުގެ ކުރިމަތީގައި ސްޓޭންޑެއް ބަހައްޓައިފަ އެވެ. އެ ސްޓޭންޑަށް ދިއުމުން ކޮންމެ ކަރަންޓު މީޓަރަކަށް ވެސް ދެ ލައިޓު ލިބޭނެ ކަމަށް ސްޓެލްކޯގެ އެޑްމިނިސްޓްރޭޓިވް ސުޕަވައިޒަރު މުހައްމަދު ވަހީދު ވިދާޅުވި އެވެ.

މިއީ، ގެ ތަކަށް އެކަނި ދޫކުރާ ލައިޓުތަކަށް ވުމުން ވިޔަފާރިތަކާއި ކުންފުނިތަކަށް ލައިޓުތައް ދޫ ނުކުރާނެ އެވެ. ސަރުކާރުން ބަހަން ދީފައިވާ ހުރިހާ ލައިޓެއް ހުސްވަންދެން މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯއިން ބަހައްޓަފައިވާ ސްޓޭންޑުން ލެޑް ލައިޓުތައް ދޫކުރުމުގެ އިތުރުން އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނާ ގުޅޭ މައުލޫމާތު ވެސް ފޯރުކޮށްދޭނެ އެވެ. އެގޮތުން، އެ ސްޓޭންޑަށް ދާ މީހުންގެ ފޯނަށް އެޕް ޑައުންލޯޑް ކޮށްދިނުމާއި އެޕް ބޭނުންކުރާނެ ގޮތް ކިޔައި ދޭނެ ކަމަށް ސްޓޭލްކޯ އިން ބުންޏެވެ.