07 އޮކްޓޯބަރ 2019 - 15:31

ދުނިިޔޭގެ ކަސްޓަމާ ސާވިސް ހަފްތާއާ ގުޅުވައިގެން އެމްޓީސީސީން "ހިނިތުންވުމާއެކު"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕޭން ފައްޓަވައިދެއްވީ މިއަދު ބޭއްވި ހަފްލާއެއްގައި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ. އެމްޓީސީސީއަކީ އަބަދުވެސް ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި މުހިންމު ސަމާލުކަމެއް ދޭ ކުންފުންޏެއް ކަމަށާއި ކެމްޕޭނުގެ ސަބަބުން މިކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޝާހު ވިދާޅުވި އެވެ.
އެމްޓީސީސީން ބުނީ މި ކެމްޕޭނަކީ ކުންފުނީގެ ސްޓާފުންގެ މެދުގައި ކަސްޓަމާ ސާވިސްގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި ކުންފުނިން ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ތަޖުރިބާ މިހާރަށް ވުރެ ރަނގަޅު ކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށެވެ. މި ކެމްޕެއިގެ ސަބަބުން ކުންފުންޏާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު އިތުރުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕޭންގެ ތެރެއިން އެމްޓީސީސީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.