15 އޮކްޓޯބަރ 2019 - 12:16

ޖަނަވާރުން އުޅޭ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ހަމަގައިމު ވެސް މި ފިލްމު ކަމުދާނެ އެވެ. މިއީ "ޑޫލިޓްލް" އެވެ. ފިލްމުގައި ޖަނަވާރުންނާއި ދޫނިތަކާ މުއާމަލާތްކޮށް ބެލުންތެރިން ހެއްވައިލާނީ ރޮބަޓް ޑައުނީ ޖޫނިއާ އެވެ.
މި ފެންޓަސީ ކޮމެޑީގެ ފުރަތަމަ ޓްރެއިލާ ވެސް މިހާރު މި ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު ޔުނިވާސަލް ޕިކްޗާޒުން ގެނެސްދޭ "ޑޫލިޓްލްސް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 17 ގަ އެވެ.
ސްޓެފެން ގަގަން ޑައިރެކްޓްކޮށްފައިވާ ކާސްޓުންގެ ތެރޭގައި އެންޓޯނިއޯ ބަންޑާރެސް، މައިކަލް ޝީން، ހެރީ ކޮލެޓް، ޖިމް ބްރޯޑްބެންޓް، ޖެސީ ބަކްލީ އަދި ރާލް އިނެޒަން ހިމެނެ އެވެ.
ޖުމްލަ 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "ޑޫލިޓްލް" އަށް ވަރަށް މަޝްހޫރު ވަރަށް ގިނަ ތަރިން އަޑު ވެސް އަޅައިދީފައިވެ އެވެ.
އޭގެ ތެރޭގައި ރަމީ މާލިކް، ޖޯން ސީނާ، އެމާ ތޮމްޕްސަން، ޓޮމް ހޮލަންޑް، ކުމައިލް ނަންޖިއާނީ، ކްރެއިގް ރޮބިންސަން، ސެލީނާ ގޮމޭޒް، އޮކްޓޭވިއާ ސްޕެންސާ އަދި މެރިއޯން ކޮޓިލާޑް ހިމެނެ އެވެ.
"ޑޫލިޓްލް" އަކީ ލިޔުންތެރިޔާ ހިއު ލޮފްޓިންގެ "ދަ ވޮޔޭޖެސް އޮފް ޑޮކްޓަ ޑޫލިޓްލް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.