16 އޮކްޓޯބަރ 2019 - 10:23

ގްރީސްގެ މަޝްހޫރު ކޮރިންތު ކެނަލް އިން ކްރޫޒް ޝިޕެއް ދަތުރުކޮށް، އެ ތަނުން ދަތުރުކުރި އެންމެ ދިގު އުޅަނދުގެ ރެކޯޑް މުގުރާލައިފި އެވެ.

ބްރީމާ ކްރޫޒް ލައިނާ، ކޮރިންތު ކެނަލް ހުރަސްކުރީ ފަސިންޖަރުންނާ އެކު ކުރި ދަތުރެއްގަ އެވެ. އެ އުޅަނދުގެ ފުޅާމިނުގައި 22.5 މީޓަރު ހުންނައިރު ކެނަލްގެ އެންމެ ހަނި ދިމާލުގައި ހުންނަނީ 24 މީޓަރެވެ.
"ބްރީމާ ކްރޫޒް މިއަދު ވަނީ ތާރީހުގެ ތެރެއަށް ވަނީ ކޮރިންތު ކެނަލް ހުރަސްކުރި އެންމެ ދިގު އުޅަނދުގެ ގޮތުގައި،" ދަތުރުގެ ފޮޓޯތަކާ އެކު ބްރީމާ ކްރޫޒްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެ އެވެ.
ކޮރިންތު ކެނަލް އަކީ ގަލްފް އޮފް ކޮރިންތާއި ސެރޮނިކް ގަލްފް ގުޅުވައިދޭ މަގެވެ.
މި މަގުން، 24،000 ޓަނުގެ ބްރީމާ ކްރޫޒް ކުރި ދަތުރުގައި 1،200 ފަސިންޖަރުން ބައިވެރިވި އެވެ. ޓަގެއްގެ އެހީގައި ކްރޫޒް ޝިޕް ދަތުރުކުރަމުން ދިޔައިރު ކެނަލްގެ ދެ ފަރާތުގައި ފަސިންޖަރުންގެ އަތް ޖެހެ އެވެ.
މި ދަތުރުކުރި އިރު ޔޫޓިއުބުން ވަގުތުން ދައްކަމުން ދިޔަ އިރު 700،000 އަށް ވުރެ ގިނަ މީހުން ބެލި އެވެ.