ކަސްޓަމަރުންގެ ކޯލް ރެކޯޑް ވިއްކި މީހަކު ހައްޔަރުކޮށްފި
ކަސްޓަމަރުންގެ ކޯލް ރެކޯޑް ވިއްކި މީހަކު ހައްޔަރުކޮށްފި

ވެރައިޒަންގައި ޓެކްނީޝަނެއް ގޮތުގައި މަސައްކަތްކުރި މީހަކު ކަސްޓަމަރުންގެ ކޯލް ރެކޯޑްތައް ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރި ޑެނިއަލް އިއުޖީން ޓްރޭގާ އަކީ، އެމެރިކާގެ އަލަބާމާގައި އާބާދީ އެންމެ ބޮޑު ބާމިންގްހަމްގެ ވެރައިޒަން ގޮފީގައި މަސައްކަތްކުރާ މީހެކެވެ.

ވެރައިޒަން ވަޔަލެސް އަކީ މުވާސަލާތީ ދުނިޔޭގައި ވަރަށް މަޝްހޫރު ނަމެކެވެ. ވެރައިޒަން މަރުކާގެ ހިޔަލުގައި އެއީ މޮބައިލް ނެޓްވޯކް އޮޕަރޭޓަރެކެވެ. ކުންފުނީގެ އަސްލު އެމެރިކާ އަށް ފޫޅުކަނޑާފައި ހުރިއިރު، ގުޅުން ހުރި ވިޔަފާރި އެހެން ބައްރުތަކުގައި ވެސް ހިންގަ އެވެ. އާންމު ވިޔަފާރި އަކީ މޮބައިފޯން ނެޓްވޯކްތައް ހިންގުމެވެ.

ޑެނިއަލް ވެރައިޒަންގައި މަސައްކަތްކުރިއިރު ވަނީ ކަސްޓަމަރުންގެ ކޯލް ރެކޯޑްތަކާއި، ލޮކޭޝަން ޑާޓާ ވިއްކާފަ އެވެ. ވެރައިޒަނުން މައުލޫމާތު ވަގަށް ނަގައި، ޝީޓެއްގައި ލިޔެ ކުންފުނިން ވަނީ ބޭރުކޮށްފަ އެވެ. އޭނާ ހާމަކޮށްފައި ވަނީ ކިތައް ކަސްޓަމަރުންގެ މައުލޫމާތު ކަމެއް ނޭނގެ އެވެ. އަދި ވިއްކި މީހަކު ވެސް ވަނީ ސިއްރުކޮށްފަ އެވެ.

ޑެނިއަލް ވަނީ އެކަން ކުރި ކަމަށް އެއްބަސްވެފަ އެވެ. ވާހަކަތައް ހުރި ގޮތުން އޭނާ އަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.