އަގުބޮޑުވާތީ ބައެއް ފިހާރަތަކުން ކާޑުގެ ބާވަތްތައް އާދަޔާ ހިލާފަށް ގިނައިން ވިކެނީ
އަގުބޮޑުވާތީ ބައެއް ފިހާރަތަކުން ކާޑުގެ ބާވަތްތައް އާދަޔާ ހިލާފަށް ގިނައިން ވިކެނީ

ކާޑުގެ ބާވަތްތައް ސަރުކާރުން ދެމުން އައި ސަބްސިޑީ މާދަމާއިން ފެށިގެން ހުއްޓާލަން ނިންމުން މާލޭގެ ބައެއް ފިހާރަތަކުން ކާޑުގެ ބާވަތްތައް އާދަޔާ ހިލާފަށް ގިނައިން ވިކި، ބައެއް ފިހާރަތަކުން ކާޑުގެ ބާވަތްތައް ހުސްވެއްޖެ އެވެ.

އަގުބޮޑުވާތީ ބައެއް ފިހާރަތަކުން ކާޑުގެ ބާވަތްތައް އާދަޔާ ހިލާފަށް ގިނައިން ވިކެނީ
އަގުބޮޑުވާތީ ބައެއް ފިހާރަތަކުން ކާޑުގެ ބާވަތްތައް އާދަޔާ ހިލާފަށް ގިނައިން ވިކެނީ

ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ މާދަމާއިން ފެށިގެން ހުއްޓާލުމަށްފަހު ކޮންޓްރޯލް އަގަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ހަނޑުލާއި ހަކުރު އަދި ފުށުގެ އަގު އެވްރެޖްކޮށް ވަނީ 100 ޕަސެންޓަށްވުރެ ބޮޑުވެފަ އެވެ.

އަގުބޮޑުވާތީ ބައެއް ފިހާރަތަކުން ކާޑުގެ ބާވަތްތައް އާދަޔާ ހިލާފަށް ގިނައިން ވިކެނީ
އަގުބޮޑުވާތީ ބައެއް ފިހާރަތަކުން ކާޑުގެ ބާވަތްތައް އާދަޔާ ހިލާފަށް ގިނައިން ވިކެނީ

ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މާދަމާއިން ފެށިގެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް އަރާނެ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.

ކާޑުގެ އަގަށް ބަދަލު ގެންނަން ނިންމުން، އެތަކެތި އަވަހަށް ގަނެ ރައްކާކުރަން މާލޭގެ ބައެއް ފިހާރަތަކުގައި މިއަދު ހެނދުނު ވަނީ ކިޔޫ ހަދައިފަ އެވެ. ބައެއް ފިހާރަތަކުން ވަނީ ކާޑުގެ ބާވަތްތައް ހުސްވެފަ އެވެ.

މާފަންނުގައި ހުންނަ ފިހާރައަކުން ވާހަކަދެއްކި މީހަކު ބުނީ ހެނދުނު ފިހާރަ ހުޅުވުމާއެކު އެންމެ ގިނައިން ވިކުނީ ކާޑުގެ ބާވަތްތައް ކަމަށެވެ. އެހެންވެ އެތަނުގައި ހުރި ސްޓޮކް މިހާރު ހުސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިއަދު ވައްތަރަކުން ބަސްތާއަކަށް ވުރެ ގިނަ ވިކުނު. މާދަމާއިން ފެށިގެން އަގު ބޮޑު ވާތީ އެންމެން ވެސް ކުއްލިއަކަށް މިއަންނަނީ ގަންނަން،" އެ ސޭޓު ބުންޏެވެ.

މާލެތެރޭގައި ހިންގާ ކުޑަ ފިހާރައަކުން ވާހަކަދެއްކި ސޭޓަކު ބުނީ ކާޑު ހުރިހާ ބާވަތެއްގެ ސްޓޮކް މިއަދު ވިކި ހުސްވެފައިވާ ކަމަށެވެ. އަލުން ވިއްކަން ފަށާނީ ހޯސޭލްކުރާ ފަރާތްތަކުން ގެނެސްދިނުމުން މާދަމާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެންމެ ފަހުގެ ސްޓޮކް މިއަދު ހެނދުނު ވިކި ހުސްވެއްޖެ. މިއަދު އެންމެ ގިނައިން ވިކުނީ ވެސް ކާޑުގެ ބާވަތް،" އެ ސޭޓު ބުންޏެވެ.

މާފަންނުގައި ހުންނަ އެހެން ފިހާރައަކުން ވާހަކަދެއްކި ސޭޓަކު ބުނީ މިއަދު އެތަނުން 100 ކިލޯގެ ހަނޑުލާއި 50 ކިލޯގެ ހަކުރު އަދި ގާތްގަނޑަކަށް އެ އަދަދަށް ފުށް ވެސް ވިކިފައިވާ ކަމަށެވެ.

"މިއަދަކީ ކާޑުގެ ބާވަތްތައް އާދަޔާ ހިލާފަށް ގިނައިން ވިކުނު ދުވަހެއް. އަޅުގަނޑުމެން ކިރާފައި ބަންދުކޮށްފައި ހުރި ހުރިހާ ޕެކެޓްތަކެއް ހުސްވެއްޖެ،" އޭނާ ބުންޏެވެ.

އެ ސޭޓު ބުނީ މާދަމާއިން ފެށިގެން ކާޑުގެ އަގަށް ބަދަލު ގެންނަން ނިންމާފައި ވީނަމަވެސް އެތަނުގެ ސްޓޮކް ހުސްވަންދެން ވިއްކާނީ ކުރީގެ އަގަށް ކަމަށެވެ.

މާލޭގެ ބައެއް ސަރަހައްދުގައި ހުރި ފިހާރަތަކުން ވަނީ ކާޑުގެ ބާވަތްތައް ވިއްކުން މިވަގުތަށް މަޑު ޖައްސާލައިފަ އެވެ. އަދި އަލުން ވިއްކަން ފަށާނީ ބޮޑު އަގުގައި މާދަމާ ކަމަށް ވެސް ބައެއް ފިހާރަތަކުން ބުނެފައިވެ އެވެ.