ފައްލޫޖާ ހިފުމުގެ ފަހުގެ އޮޕަރޭޝަން އިރާގު ސިފައިން ފަށައިފި
ފައްލޫޖާ ހިފުމުގެ ފަހުގެ އޮޕަރޭޝަން އިރާގު ސިފައިން ފަށައިފި

ބަޣުދާދު (މެއި 30) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން ފައްލޫޖާ ހިފުމުގެ ފަހުގެ އޮޕަރޭޝަން އިރާގު ސިފައިން ފަށައިފި އެވެ.

ފައްލޫޖާ ހިފުމުގެ ފަހުގެ އޮޕަރޭޝަން އިރާގު ސިފައިން ފަށައިފި
ފައްލޫޖާ ހިފުމުގެ ފަހުގެ އޮޕަރޭޝަން އިރާގު ސިފައިން ފަށައިފި

ފައްލޫޖާ ހިފުމުގެ އޮޕަރޭޝަން އިރާގު ސިފައިން ފެށީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ފައްލޫޖާގެ އޮޕަރޭޝަން ފެށުމާ އެކު އާއްމުންގެ ގިނަ ބަޔަކު އެ ސިޓީން ވަނީ ނުކުމެފަ އެވެ. އަދިވެސް އާއްމުންގެ 50،000 މީހުން ވަނީ ފައްލޫޖާގައި ތާށިވެފަ އެވެ.

ފައްލޫޖާ ހިފުމުގެ ފަހުގެ އޮޕަރޭޝަން އިރާގު ސިފައިން ފަށައިފި
ފައްލޫޖާ ހިފުމުގެ ފަހުގެ އޮޕަރޭޝަން އިރާގު ސިފައިން ފަށައިފި

އިރާގު ސަރުކާރުގެ ރަސްމީ ބަޔާނެއްގައި ބުނެފައި ވަނީ ފައްލޫޖާގެ ހުރިހާ ދިމާލަކުން ވެސް އެލީޓް ކައުންޓަ-ޓެރަރިޒަމް ޔުނިޓްތައް ކުރިއަރަމުންދާ ކަމަށެވެ. އައިއެސްގެ ހަނގުރާމަވެރިން ދަނީ ފައްލޫޖާގައި އިރާގު ސިފައިންގެ ކުރިއެރުން ހުއްޓުވުމަށް ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާތައް ދެމުންނެވެ. އިރާގުގެ ލަޝްކަރާ ކުރިމަތިލާން ފައްލޫޖާގައި ތިބީ އައިއެސްގެ 1،200 ވަރަކަށް ހަނގުރާމަވެރިން ކަމަށްވެ އެވެ.

ބީބީސީން ބުނީ އިރާގު ސިފައިންގެ ހަމަލާ ދެން އަމާޒުކުރާނީ އައިއެސްގެ ދިފާއީ މަރުކަޒުތަކަށް ކަމަށެވެ. އަދި ސިޓީ ސެންޓަރަށް ހަމަލާ ދިނުމުގެ ކުރިން ހަމަލާތަކަށް މަޑުޖެހުމެއް ގެންނާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. ބޭނުމަކީ އާއްމުން ނުކުތުމަށް ފުރުސަތު ދިނުން ކަމަށް ވެސް ބުނެފައިވެ އެވެ.

ފައްލޫޖާގެ އާއްމުން ތިބީ ވަރަށް ހާލުގައި ކަމަށް އދ. އިން ބުނެ އެވެ. ކާނެ އެއްޗެއް ނުލިބިގެން އެއް ބަޔަކު ބަނޑަށް މަރުވާ އިރު އަނެއް ބަޔަކު ވަނީ ސިޓީން ނުކުންނަން އުޅެނިކޮށް އައިއެސްގެ ޝިކާރައަކަށްވެފަ އެވެ.

އައިއެސްގެ ބާރުގެ ދަށަށް ފައްލޫޖާ ގެންދިޔައީ ޖޫން، 2014 ގަ އެވެ. އައިއެސްގެ ބާރުގެ ދަށުގައި އޮތް އިރާގުގެ ދެން އެންމެ މުހިންމު ސިޓީއަކީ މޮސޫލް އެވެ.