06 އޮކްޓޯބަރ 2016 - 09:26

ލ. ހިތަދޫ ކައުންސިލްގެ ރައީސް އަހުމަދު މުހައްމަދު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ހިތަދޫ، ވިނަރެސް، 34، އަހުމަދު މުހައްމަދު ގެއްލިގެން، ފަތިހު ފަހެއް ޖެހިއިރު ރިޕޯޓު ކޮށްފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލީ މިއަދު ވިދާޅުވީ އަހުމަދު އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހަވީރު ހައެއް ޖަހާކަށް ހާއިރު ރަށުގެ ދެކުނު ފަރާތުން ކަމަށާއި އޭނާގެ ފޯނު ވެސް ނިއްވާލާފައިވާ ކަމަށެވެ.
"ރަށުގެ އަންހެނުންތަކަކަށް ފެނުނު އޭނާ ދެކުނު ފަރާތަށް ދަނިކޮށް. އެ ސަރަހައްދުގައި އަހުމަދުގެ ސައިކަލް ވެސް ޕާކުކޮށްފައި ހުރީ،" މުހައްމަދު ވިދާޅުވި އެވެ.
ހިތަދޫ ކައުންސިލަށް އަހުމަދު އިންތިހާބުވީ މި ދައުރުގަ އެވެ.