އަހުމަދިއްޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެއްވަނަ ނަޝާ އަދި ރިފްޒާ އަށް
އަހުމަދިއްޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެއްވަނަ ނަޝާ އަދި ރިފްޒާ އަށް

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މިދިއަ އަހަރުގެ ސެކަންޑަރީ ބައިން ފާތިމަތު ނަޝާ އަލީ އަދި ހަޔަ ސެކަންޑްރީ ބައިން އާމިނަތު ރިފްޒާ އެއްވަނަ ހޯދައިިފި އެވެ.

އަހުމަދިއްޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެއްވަނަ ނަޝާ އަދި ރިފްޒާ އަށް
އަހުމަދިއްޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެއްވަނަ ނަޝާ އަދި ރިފްޒާ އަށް

ނަޝާ ވަނީ އޯ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިގެން ގައުމީ ގަދަ ދިހައަކުން އެއް ވަނަ އަށް ވެސް އަރައިފަ އެވެ. ރިފްޒާ އަކީ އޭ ލެވެލް އިމްތިހާނުން ގައުމީ ގަދަ ދިހައަކުން ދެ ވަނަ ހޯދި ދަރިވަރެކެވެ.

އަހުމަދިއްޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެއްވަނަ ނަޝާ އަދި ރިފްޒާ އަށް
އަހުމަދިއްޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެއްވަނަ ނަޝާ އަދި ރިފްޒާ އަށް

މި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރޭގެ ހަފުލާގެ ޝަރަފުވެރިމެހެމާން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.

އަހުމަދިއްޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެއްވަނަ ނަޝާ އަދި ރިފްޒާ އަށް
އަހުމަދިއްޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެއްވަނަ ނަޝާ އަދި ރިފްޒާ އަށް

ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ނަޒީރު ވިދާޅުވީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ތައުުލީމާއި ތަރުބިއްޔަތު ދިނުމުގައި ފެންވަރު ރަނގަޅު ސްކޫލެއް ކަމަށާއި ކިޔެވުމާއި އިތުރު ހަރަކާތްތައް ދަސްކޮށްދިނުމުގައި ވެސް ފެންވަރު ރަނގަޅު ސްކޫލެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްކޫލު ދައުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހޭނެ އެވެ.

އެގޮތުން ގާނޫނުތަކަށް ދަރިވަރުން ބޯލެނބުމާއި ރާއްޖޭގެ ތަރިކަތައް ހިމާޔަތްކުރަން ވެސް ނަޒީރު ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި އެ ސްކޫލު ދަރިވަރުން ހޯދި ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު އުޅެނީ 92 ޕަސެންޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޯ ލެވެލް އިމްތިހާނުގައި 217 ދަރިވަރުން ބައިވެރިވިއިރު 201 ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފަ އެވެ. އޯ ލެވެލް ގައުމީ ގަދަ ދިހެއްގައި 45 ދަރިވަރުން ހިމެނުނުއިރު ތިން ދަރިވަރުން ވަނީ ދުނިޔޭގެ ގަދަ ދިހަޔަކަށް ވެސް އަރައިފަ އެވެ.

ރޭ އެ ސްކޫލްގެ 248 ދަރިވަރުންނަށް އިނާމު ލިބުނެވެ.