09 އޮކްޓޯބަރ 2016 - 16:52

ކެންގަރޫ ކިޑްސް ޕްރީ ސްކޫލުން ކިޔަވައިދެމުން އަންނަ ގޮތް އާއްމުންނަށް ދައްކާލުމަށް އިއްޔެ ފެއާއެއް ބާއްވައިފި އެވެ.

ޑިސްކަވަރީ ފެއާގެ ނަމުގައި މި ފެއާ ބޭއްވީ އިއްޔެ މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 ޖަހަންދެންނެވެ.
ކެންގަރޫ ކިޑްސް އިން ބުނީ އެ ފެއާ އަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާ ކަމަށާއި ފެއާ ވަރަށް ކާމިޔާބު ކަމަށެވެ.
"ވަރަށް ގިނަ މީހުން ބުނޭ ވަރަށް ތަފާތޭ މި ސްކޫލުގައި ކިޔަވައިދެމުން އަންނަ ގޮތް،" ކެންގަރޫ ކިޑްސްގެ ޕްރިންސިޕަލް އައިމިނަތު ތަހުމީނާ ވިދާޅުވި އެވެ
އިއްޔެ ބޭއްވި ޑިސްކަވަރީ ފެއާގައި، މޯލްޑިވިއަން އައިޑޮލް އިން އެއްވަނަ ހޯދި ލައިޝާ ޖުނެއިދު ވެސް ބައިވެރިވެ ކެންގަރޫ ކިޑްސްގެ ދަރިވަރުންނާ އެކު ލަވަ ކިޔާފައިވެ އެވެ.