10 އޮކްޓޯބަރ 2016 - 15:33

ދުބާއީ (އޮކްޓޯބަރު 10) - ދުބާއީން ކާރުގެ ރަޖިސްޓްރީ ނަމްބަރެއް ގަތުމަށް އިންޑިއާ މީހަކު 9 މިލިއަން ޑޮލަރު ޚަރަދުކޮށްފި އެވެ.
ދުބާއީގައި އިމާރާތް ކުރުމުގެ ވިޔަފާރިކުރާ ބަލްވިންދާ ސަހާނީ 33 މިލިއަން ދިރުހަމް (9 މިލިއަން ޑޮލަރު) ޚަރަދުކޮށްގެން ނީލަމުން ގަނެފައި ވަނީ "ޑީ5" ނަމްބަރެވެ.
ގަލްފު ނިއުސް އިން ބުނީ ދުބާއީގެ ރޯޑް އޮތޯރިޓީން ކާރު ނަމްބަރުތައް ކޮންމެ ދެމަހަކުން ނީލަމަށްލާ ކަމަށެވެ. އަދި ބިޑްކޮށްގެން ނަމްބަރު ގަންނަ މީހުން އަތުން އެތައް މިލިއަން ޑޮލަރެއް ލިބެ އެވެ.
"މިހާތަނަށް އަހަރެން ވަނީ 10 ނަމްބަރު ގަނެފައި. އަދިވެސް އިތުރު ނަމްބަރު ގަންނާނަން. މިއީ އަހަރެން ވަރަށް ލޯބިކުރާ ކަމެއް. އެންމެ ފަހުން ގަތް ނަމްބަރު ބޭނުން ކުރާނީ އަހަރެންގެ ރޯލްސް-ރޯއީސްގައި،" ސަހާނީ ބުންޏެވެ.
ގަލްފު ނިއުސް އިން ބުނީ އެންމެ ފަހުގެ ބިޑުގައި 300 މީހުން ބައިވެރިވި ކަމަށެވެ. ހޮނިހިރު ދުވަހުގެ ނީލަމުގައި 80 ނަމްބަރު ވަނީ ވިއްކާލައިފަ އެވެ.
ޔޫއޭއީގައި ކާރުގެ ޑޮމެއިން ނަމްބަރަކީ ފެޝަނަކަށްވެފައިވާ ކަމެކެވެ.