ސާވިސް ސެންޓަރަކާ އެކު ޕާސަނަލް ކޮމްޕިއުޓާސްގެ ތިންވަނަ ފިހާރަ ހުޅުވައިފި
ސާވިސް ސެންޓަރަކާ އެކު ޕާސަނަލް ކޮމްޕިއުޓާސްގެ ތިންވަނަ ފިހާރަ ހުޅުވައިފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮމްޕިއުޓަރާއި އެއާ ގުޅޭ ސާމާނު ވިއްކާ ޕާސަނަލް ކޮމްޕިއުޓާސްގެ ތިންވަނަ ފިހާރަ މިރޭ ހުޅުވައިފި އެވެ.

ސާވިސް ސެންޓަރަކާ އެކު ޕާސަނަލް ކޮމްޕިއުޓާސްގެ ތިންވަނަ ފިހާރަ ހުޅުވައިފި
ސާވިސް ސެންޓަރަކާ އެކު ޕާސަނަލް ކޮމްޕިއުޓާސްގެ ތިންވަނަ ފިހާރަ ހުޅުވައިފި

ލޮނުޒިޔާރަތް މަގަށް ވާ ގޮތަށް ގ. އާބިމުގައި ހަދާފައިވާ "ދަ ޕާސަނަލް ކޮމްޕިއުޓާސް" ހުޅުވީ މިރޭ 8:00 ގައި އެ ތަނުގެ ކުރިމަތީގައި ބޭއްވި ބޮޑުބެރުގެ ހަރަކާތްތަކަކާ އެކުގަ އެވެ. އަދި އެ ފިހާރަ އަށް ޒިޔާރަތް ކުރި ފަރާތްތަކަށް ހަދިޔާ ވެސް ބެހި އެވެ.

ޕާސަނަލް ކޮމްޕިއުޓާސްގެ ފަރާތުން ވާހަކަ ދެއްކެވި އަލީ ރިޔާޒް ވިދާޅުވި ގޮތުގައި އަލަށް ހުޅުވި ފިހާރަ އިން ވެސް ކޮމްޕިއުޓަރާއި އެއާ ގުޅުން ހުރި ހުރިހާ ސާމާނެއްހެން ލިބެން ހުންނާނެ އެވެ. މީގެ އިތުރުން، އެ ފިހާރައިގެ ފުރަތަމަ ބުރީގައި ސާވިސް ސެންޓަރެއް ހަދާފައިވާތީ، ކޮމްޕިއުޓަރަށް ދިމާވާ މައްސަލަތައް ހައްލުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހަ ވެގެންދާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިއްކަނީ ކޮލިޓީ ޕްރޮޑަކްޓްސް، އެކަށީގެންވާ ރަނގަޅު އަގުތަކެއްގައި. ދެ ހާސް އަށަކުން ފެށިގެން މިހާތަނަށް އައިއިރު އަޅުގަނޑުމެންގެ ހިދުމަތްތައް ކަސްޓަމަރުން ވަނީ ވަރަށް ބޮޑަށް ބަލައިގަނެފައި،" ރިޔާޒް ވިދާޅުވި އެވެ.

އާ ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި އެ ފިހާރަ އިން ވަނީ ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. އެ ގޮތުން، އާ ފިހާރަ އިން ގަންނަ ބައެއް ތަކެއްޗަށް 30 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.

ޖާގަ ތަނަވަސްކޮށް ހަދާފައިވާ ތިންވަނަ ފިހާރައެއް ހުޅުވިއިރު، ޕާސަނަލް ކޮމްޕިއުޓާސްގެ ދެ ފިހާރައަކާއި ސާވިސް ސެންޓަރެއް މިހާރު ވެސް މާލޭގައި އެބަހުއްޓެވެ. އެއީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ ފިހާރަ އާއި ސާވިސް ސެންޓަރުގެ އިތުރުން، ހެންވޭރު ދަނޑު ކައިރީގައި ހުންނަ ފިހާރަ އެވެ.