ރައީސް ކީރިތިކުރައްވަމުން ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފި
ރައީސް ކީރިތިކުރައްވަމުން ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފި

ރައީސް ވާހަކަފުޅު ދެއްކެވި އިރު، ކީރިތިކުރެއްވި ބައެއް ފަހަރު ވާހަކަފުޅު މެދުކެނޑުނު. އެމަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގަތީ މިކަމުގައި ރައްޔިތުންގެ އެއްބާރުލުމާއި ކެތްތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް. މިކަމުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށާއި މިއީ އެންމެން އެކުވެރިކަމާ އެކު މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވި.

ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން ރައީސްގެ ޚިތާބު ނިންމަވާލައްވައިފި

އަސަރާ އެކު ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގޭގައި އެންމެން މަޑުކުރައްވައި ސާފުތާހިރުކަމަށް އިސްކަން ދެއްވުމަށް އެދިވަޑައިގެންފައި.

އެކަކު އަނެކަކާ މެދު އޯގާތެރިކަމާއި އެކުވެރިކަމާ އެކު މުއާމަލާތުކުރުމަށް އެދެން. ކެތްތެރިކަން އިސްކުރައްވާތި. އިސްލާމް ދީނުގެ މަތިވެރި އުސޫލުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވާތި.

ކާބޯތަކެއްޗާއި ޒަރޫރީ އެހެން ބޭނުންތަކަށް ބޭނުންވާ ސާމާނު އެކަށިގެންވާ ވަރަށް އެބަހުރި. މި ކަންކަމުގެ ތަފްސީލްތައް އިދާރާތަކުން ހާމަކުރަމުން ގެންދާނެ

އެންމެން އެކުގައި މަސައްކަތްކުރުމުން އިރާދަކުރެއްވިއްޔާ މިކަމުން އަރައިގެނެވޭނެ.

މިކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް އެދެން. މިކަމުގައި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާނެކަން އެނގޭ.

މާލެ ސަރަހައްދު ލޮކްޑައުންކުރަން ނިންމީ ކޮންޓެކްޓް ޓްރޭސިން ހަދައި ނިމެންދެން. ކާށިދޫގައި ވެސް ކޮންޓެކްޓް ޓްރޭސިން ހަދާނެ

ބަލި ކޮންޓްރޯލްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރާނަން. މިއަދު ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި އިދާރާތަކުގެ ވެރިންނާ މިއަދު ވާނީ ބައްދަލުކޮށްފައި.

ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 11 މީހެއްގެ ސާމްޕަލް މިހާރު ވަނީ ނަގާފައި.

މިއަދު ޕޮޒިޓިވްވި މީހާ ބަލީގެ އަލާމާތްތައް ހުރުމުން ފްލޫ ކުލިނިކަށް ޓެސްޓް ކުރަން ދިޔައީ އިއްޔެ. އޭނާއާ ކޮންޓެކްޓްވި މީހުން އަންނަނީ ހޯދަމުން. އަދި އޭނާ ފަހުގެ ތާރީހެއްހައި ރާއްޖޭން ބޭރަކަށް ނުދޭ. އެހެންވެ ބަލި ޖެހުނު ގޮތް ހޯދުމުގެ މަސައްކަތް ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުން

ކޮރޯނާވައިރަހުން ރައްކާތެރިވާން ޖެނުއަރީ މަހުން ފެށިގެން މި އަންނަނީ ތައްޔާރުވަމުން.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލޭން ފުރަތަމަ ފަހަރަށް ފެނުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމާ މުޚާތަބުކުރައްވަނީ. ރައީސް ގައުމާ މުޚާތަބުކުރައްވާއިރު މީގެ އިރުކޮޅެއް ކުރިން ވަނީ މާލެ ސަރަހައްދު 24 ގަޑިއިރަށް ބަންދުކޮށްފައި.

ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހަކު މިއަދު މާލޭން ފެނުމުގެ ކުރިން ޕޮޒިޓިވްވި ފަސް ދިވެހިންނަކީ ވެސް ރާއްޖޭން ބޭރުން އައި މީހުން. މާލޭން ފެނުނު މީހާ ރާއްޖޭން ބޭރަށް ދަތުރުކޮށްފައެއް ނުވޭ.