ކޮވިޑް-19: ތަބްލީޣީ ޖަމާއަތުގެ ލީޑަރަށް ދައުވާ ކުރަނީ
ކޮވިޑް-19: ތަބްލީޣީ ޖަމާއަތުގެ ލީޑަރަށް ދައުވާ ކުރަނީ

ނިއު ދިއްލީ (އެޕްރީލް 18) - ފުލުހުންގެ އެންގުންތަކަށް ތަބާނުވެ މިސްކިތްތަކުގައި ބޮޑެތި ޖަމާއަތްތައް ހަދައިގެން އެއްވުންތައް ބޭއްވި އިންޑިއާގެ ތަބްލީޣީ ޖަމާއަތުގެ ލީޑަރުގެ މައްޗަށް ދައުވާ ކުރަން ނިންމައިފި އެވެ.

ތަބްލީޣީ ޖަމާއަތުން މިސްކިތުގައި ބޭއްވި އެއްވުންތަކުން އެތައް ބަޔަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ފުލުހުން ބުނީ އެ ޖަމާއަތުގެ ލީޑަރު މުހައްމަދު ސާދު ޚަންދާލްވީ ވަނީ މާޗު މަހު މިސްކިތުގެ ބައްދަލުވުން ނުބޭއްވުމަށް ފުލުހުން އެންގި ދެ އަމުރަކާ ޚިލާފުވެފައި ކަމަށެވެ.

މިސްކިތުގައި ބޭއްވި ބައްދަލުވުމުން 17 ސްޓޭޓެއްގައި 1،023 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ބެލެވެ އެވެ. ދިއްލީ ފުލުހުން ބުނީ ތަބްލީޣީ ޖަމާއަތުގެ ލީޑަރުގެ މައްޗަށް ދައުވާ ކުރަނީ ކުރި ކަމަކުން މީހަކު މަރުވުމުގެ ދައުވާ ކަމަށެވެ. ސާދުގެ މައްޗަށް ދައުވާކުރި އިރު އޭނާ ހުރީ އައިސޮލޭޝަނުގަ އެވެ.

ފުލުހުން ބުނީ ދިއްލީގެ ނިޒާމުއްދީން އޭރިއާގައި ތަބްލީޣީ ޖަމާއަތުން މާޗް 3 ވަނަ ދުވަހު ފެށި ބައްދަލުވުން، އިންޑިއާގެ ލޮކްޑައުން މާޗް 24 ވަނަ ދުވަހު އިއުލާންކުރި އިރު ވެސް ނުހުއްޓާ ކަމަށެވެ. ނަމަވެސް އެ ޖަމާއަތުން ބުނީ މާޗް 22 ވަނަ ދުވަހު އިންޑިއާގައި ކާފިއު އިއުލާންކުރާކަން ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރެއްވުމާ އެކު ބައްދަލުވުން ނިންމާލާފައިވާ ކަމަށެވެ. ނަމަވެސް އޭރު ބޯޑަރުތައް ބަންދު ކުރަން ފެށުމުން ބައެއް މީހުންގެ ސްޓޭޓްތަކަށް ނުދެވިވާ ކަމަށް ބުންޏެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ 14,425 މީހުން ޕޮޒިޓިވްވެ 488 މީހުން މަރުވެފަ އެވެ.