06 މެއި 2020 - 15:18

ކޮވިޑް-19 ފެތުރޭތީ އިންޑިިއާގައި އެކަނި ބޭނުން ކުރުމަށްޓަކައި އެކްސްޕޯޓްކުރުން މަނާ ކޮށްފައިވާ މެޑިކަލް ކޮންޒިއުމަބްލްސް ރާއްޖެއަށްް އެކްސްޕޯޓް ކުރަންް އެ ގައުމުން ހާއްްސަ ހުއްދައެއް ދީފި އެވެ.
ކޮވިޑް-19 ފެތުރޭތީ އިންޑިއާ އިން އެކްސްޕޯޓްކުރުން މަނާކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ޓެސްޓް ކިޓް، ރިއޭޖެންޓްސް އަދި ވައިރަލް ޓްރާންސްޕޯޓް މީޑިއަމްތަށް ހިމެނެ އެވެ. އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖެއަށް އެބާވަތްްތައް ފަސޭހައިން ލިބޭނެ ކަން ކަށަވަރު ކޮށްދިނުމަށް ޓަކައި އެބާވަތްތައް އެކްސްޕޯޓްކުރުން ބާތިލުކޮށްފައި އޮތް އޮތުން، އިންޑިއާ ސަަރުކާރުން މިހާރު ރާއްޖެއަށް މާފްކޮށްދީފައިވާ ކަމަށެވެ.
އެބާވަތްތައް އަންނަ ހަފްތާގައި ރާއްްޖެއަށް ގެންނާނެ ކަމަށް ވެސް ބުންޏެވެެ.
ކޮވިޑް-19 ފެތުރޭތީ އެ ބަލިން ރައްކާތެެރިވުމަށާއި އެ ބައްޔަށް ޓެސްޓްކުރަން ބޭނުންވާ ބާވަތްތައް އެކްސްޕޯޓް ކުރުން ބައެއް ގައުމުތަކުން މުޅިން ހުއްޓާލާފައި ވާއިރު އަނެއްބައި ގައުމުތަކުން ވަނީ އެބާވަތްތައް ބޭރުކުރާ މިންވަރު ދަށްކޮށްފަ އެެވެ. އެހެންވެ މެޑިކަލްް ކޮންޒިއުމަބުލްސް ލިބުން މިހާރު ވަނީ ދަތި ކަމަކަށް ވެފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ މިހާރު 3.7 މިލިޔަނެވެ. އޭގެ ތެރެއިން 258،000 މީހުން ވަނީ އެ ބަލީގައި މަރުވެފަަ އެވެ.