މައުމޫނާ ނުލައި ޕީޕީއެމްގެ ކުރިމަގެއް ނެތް: ޔުމްނާ
މައުމޫނާ ނުލައި ޕީޕީއެމްގެ ކުރިމަގެއް ނެތް: ޔުމްނާ

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ނުލައި އެއްވެސް ކުރިމަގެއް ނޯންނާނެ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

މައުމޫނާ ނުލައި ޕީޕީއެމްގެ ކުރިމަގެއް ނެތް: ޔުމްނާ
މައުމޫނާ ނުލައި ޕީޕީއެމްގެ ކުރިމަގެއް ނެތް: ޔުމްނާ

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ޔުމްނާ ވިދާޅުވީ މައުމޫނަކީ ޕީޕީއެމްގެ އާންމު ވަރަށް ގިނަ މެމްބަރުންގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ ސިޔާސީ ބޭފުޅެއް ކަމަށެވެ.

މައުމޫނާ ނުލައި ޕީޕީއެމްގެ ކުރިމަގެއް ނެތް: ޔުމްނާ
މައުމޫނާ ނުލައި ޕީޕީއެމްގެ ކުރިމަގެއް ނެތް: ޔުމްނާ

"އާންމު މެމްބަރުންގެ އިހުސާސްތަކާ ގުޅިފައިވާ ބޭފުޅެއް މައުމޫނަކީ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލެއް ނުކުރަން ޕީޕީއެމަށް ކުރިމަގެއް އޮތް ކަމަކަށް މައުމޫނާ ނުލައި."

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބޮޑުބޭބޭފުޅު ޔާމީނަށް ތާއީދު ކުރައްވާނެތޯ ދެންނެވުމުން ޔުމްނާ ވިދާޅުވީ ކުރިއަށް އޮތްތާނގައި ވާނެ ގޮތެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމަކު އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އެއްވެސް އިޝާރާތެއް ޔާމީން ކުރައްވާފައި އަދި ނެތް ކަމަށެވެ.

އެހެންވެ އެ މަނިކުފާނަށު އިންތިހާބުގައި ތާއީދު ކުރާނެތޯ ނުވަތަ ނޫންތޯ އެނގޭނީ އެ ހިސާބަށް ދިޔައިމަ ކަމަށް ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ މައުމޫނާ ވަރަށް އަރިސްކޮށް އުޅުއްވި ބައެއް ބޭފުޅުން، ހާއްސަކޮށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން މިހާރު ވަރަށް ބޭއަދަބީކޮށް ރައީސް މައުމޫނާ މުހާތަބުކުރައްވައި ވާހަކަ ދެއްކުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

"ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވެނީ. މައުމޫން އަމަލީ ގޮތުން ބައިވެރިވަޑައިގެން ކެމްޕޭން ކުރައްވައި އެކިި ރަށްރަށް ދަތުރު ކުރައްވައި ވަރަށް ބުރަ މަސައްކަތްކުރައްވައިގެން އޭގެ ތެރެއިން ގިނަ ބޭފުޅުން އިންތިހާބުވަޑައިގެންފައި ތިއްބެވީ ވެސް،" ޔުމްނާ ވިދާޅުވި އެވެ. "އެހެންވީމާ މިއަދު އެގޮތަށް ސީދާ ރައީސް މައުމޫނަށް މުހާތަބުކުރައްވައި ދަށު ދަރަޖައިގެ ބަހުރުވައިން އެކި ގޮތްގޮތަށް ވާހަކަ ދައްކާ ތަން ފެނުނީމަ ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވެނީ،" އޭނާ ވިދާޅުވި އެވެ. "ވަރަށް ގިނަ ދުވަހު އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުން އެއީ. ހާއްސަކޮށް ޕާޓީ އުފެދިގެން އައި އިރު އެކުގައި މަސައްކަތް ކުރެވުނު ބޭފުޅުން އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ. މިއަދު އެހެން ފެނުނީމަ ވަރަށް ދެރަވޭ."

ޔުމްނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަޕީ ޕީޕީއެމްގެ ސަރުކާރެއް ކަމަށާއި އެއީ ޕާޓީ އާ ވަކި ކުރެވޭބެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި ބޮޑެތި ކަންކަން ނިންމަވާ އިރު ޕާޓީގެ ކައުންސިލްގެ މަޝްވަރާ ކުރެވެން ވާނެ. މުހިއްމު ނިންމުންތައް ނިންމަވާ އިރު ކައުންސިލްގެ މަޝްވަރާ ހޯއްދަވަން ވާނެ. މަޖިލީހުގެ ތެރެއިން ކަންކަން ނިންމާ އިރު ޕާޓީގެ ރައީސާއި ކައުންސިލްގެ މަޝްވަރާ ހޯދައިގެން ގެންދަން ވާނީ. އަސާސީ ގަވައިދުގައި ވެސް ވަރަށް ސާފުކޮށް އެބަ އޮވޭ އެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

ޔުމްނާ އަދި ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި މައްސަލަތައް އެންމެ ބޮޑުވެގެން އައީ ޕީޖީ ގްރޫޕް މުޅިން ވަކި ގުނަވަނެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވުމުން ކަމަށެވެ.

އަދި މަޝްވަރާކޮށްގެން މައްސަލަތައް ހައްލު ކުރެވޭތޯ މައުމޫން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

"މައުމޫން މަޝްވަރާ ކުރެއްވި އެތެރޭން ކަންކަން ހައްލު ކުރަައްވަން. ކޮންމެ ފަހަރަކު ފާޑު ވިދާޅުވަނީކީ ނޫން. އެތެރޭން ސީދާ ރައީސާ ބައްދަލު ކުރައްވައިގެން ނަމަވެސް ވާހަކަތައް ހިއްސާ ކުރައްވައިގެން އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވަން މަސައްކަތް ކުރެއްވި،" ޔުމްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރަށް މައުމޫން ފާޅުގައި ފާޑު ވިދާޅުވާ ހިސާބަށް ދިޔައީ ވަރަށް ފަހުން ކަމަށެވެ.

"މިހާރު ވެސް އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ ބައްދަލު ނުވާތާ. އެހެންވީމާ ދެ ބޭފުޅުންނަަށް މަޝްވަރާ ކުރާނެ ފުރުސަތު ނުލިބޭ ދެއްތޯ ބައްދަލު ނުވަންޏާ،" ޔުމްނާ ވިދާޅުވި އެވެ. "އެގޮތަށް މަސައްކަތް ކުރައްވާފައި މައްސަލަތައް ހައްލު ނުވީމަ ޕަބްލިކްގަ އެއްޗެއް މި ވިދާޅުވަނީ. ސިޓީ އާއި މެސެޖް ފޮނުއްވައިގެން އެކި ގޮތްގޮތަށް މަސައްކަތް ކުރެއްވި އެ މަނިކުފާނުގެ ހިޔާލުފުޅުތައް ދެއްވަން."

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ހޮވިވަޑައިގަތީ ރައީސް މައުމޫންގެ ވަރަށް ބޮޑު ތާއީދަކާއި މަސައްކަތަކަކާ އެކުގައި ކަމަށެވެ.

އެހެންވެ ރައީސް ޔާމީނާ މަޝްވަރާ ކުރައްވައި، ލަފާ ދެއްވުމަކީ ވެސް ރައީސް މައުމޫންގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.