23 މެއި 2020 - 15:55

ވިޔަފާރިއާ ގުޅުން ހުރި ދެ ބިލަކާ މެދު އާންމުންގެ ޚިޔާލު ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.
މަޖިލީހުން އިއުލާން ކުރީ މުދާ ލިބިގަންނަ މީހުންނާއި ޚިދުމަތް ލިބިގަންނަ މީހުން ހިމާޔަތް ކުރުމުގެ ބިލާއި ވިޔަފާރީގެ ވާދަވެރިކަން ދެމެހެއްޓުމުގެ ބިލަށް ޚިޔާލު ހުށަހެޅުމަށެވެ. އެއީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ ބިލެވެ.
އިއުލާނުގައިވާ ގޮތުން އެ ދެ ބިލަށް އީމެއިލް މެދުވެރިކޮށް ނުވަތަ ލިޔުމުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
އެ ދެ ބިލް އާންމުންގެ ޚިޔާލަށް ހުޅުވާލިއިރު، އެ ބިލްތައް މަޖިލީހުގެ އިގްތިސާދީ ކޮމެޓީން މިހާރު ދަނީ ކުރަމުންނެވެ. މީގެކުރިން ވެސް ބައެއް މުހިިންމު ބިލްތައް އާންމުންގެ ޚިޔާލަށް ހުޅުވާލާފައިވެ އެވެ.