06 ޖޫން 2020 - 22:14

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 46 މީހަކު އެ ބަލިން ރަނގަޅުވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.
އެ އިދާރާ އިން އިއްޔެއާ ހަމައަށް ބުނެފައި ވަނީ ކޮވިޑް-19 އިން ރަނގަޅުވީ 717 މީހުން ކަމަށެވެ ނަމަވެސް މިރޭ ބުނީ އިތުރު 46 މީހަކު މިހާރު ރަނގަޅު ވެފައިވާ ކަމަށެވެ. އެހެންވެ، ރާއްޖެ އިން މިހާތަނަށް މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 763 މީހުންނެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނަމަ އެ ބަލީގައި ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް އަންނަނީ ދަށްވަމުންނެވެ. އެގޮތުން މިހާރު ފަރުވާ ހޯދަމުން އަންނަނީ 1،128 މީހެކެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 18 މީހެއް ކަމަށެވެ. އެއީ 13 ދިވެއްސަކާއި ބަންގްލަދޭޝްގެ ތިން މީހަކާއި ސްރީ ލަންކާގެ އެކަކާއި ނޭޕާލްގެ މީހެކެވެ. އެހެންވެ، ރާއްޖޭގައި އެ ބަލި ޖެހިފައިވާ މީހުންގެ މިހާރުގެ ޖުމްލަ އަދަދަކީ 1،901 އެވެ.
މިދިޔަ މާޗް 7 ން ފެށިގެން ރާއްޖެ އިން ކޮވިޑް-19 ޖެހުނު 1،900 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 763 މީހަކު ރަނގަޅުވިއިރު، އެ ބަލީހައި އަށް މީހަކު ވަނީ މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ މިއަދެވެ.