02 ޖުލައި 2020 - 16:13

މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ކަމަށެވެ. މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ބުންޏެވެ.
މިއީ މި ހަފްތާގެ ތެރޭގައި ފެންމަތިވި، ކުޑަ ކުދިންނަށް ކުރާ މިފަދަ އަނިޔާގެ ދެވަނަ މައްސަލަ އެވެ. މެދު ރާއްޖެތެރޭގެ ރަށެއްގައި އަންހެން ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައެއް ވެސް މީގެ ދެ ދުވަސް ކުރިން ފެންމަތިވެފައި ވެއެވެ. މި މައްސަލައިގައި މިހާރު ވަނީ އުމުރުން 37 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.