ދިރާގު ފައިބަ ބްރޯޑްބޭންޑާއެކު ހިލޭ ރައުޓަރެއް
ދިރާގު ފައިބަ ބްރޯޑްބޭންޑާއެކު ހިލޭ ރައުޓަރެއް

ދިރާގު ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް އަލުން ހޯދާ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަނާއި ރައުޓަރެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން ފައިބަ ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދޭނީ ދިރާގު ފައިބަ ކޭބަލެއް އަޅާފައިވާ ބިލްޑިންތަކުގަ އެވެ. އަލަށް އެ ކޭބަލް އަޅާ ނަމަ ކަނެކްޝަން ފީން 50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

މި ދުވަސްވަރަކީ ގޭގައި ތިބެން ޖެހުމުން އިންޓަނެޓް ބޭނުންކުރަންޖެހޭ މިންވަރު ބޮޑުވެފައިވާ ދުވަސްވަރަކަށް ވުމުން ވީހާ ވެސް ގިނަ ކަސްޓަމަރުން މި ފުރުސަތުގެ ބޭނުން ހިފުމަށް ދިރާގުން އެދެއެވެ. އަދި މިއީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަ ނެޓްވޯކް ތަޖުރިބާކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި ޑޭޓާ އެލަވަންސްތައް ހިމެނޭ އެކި ޕެކޭޖްތަކެއް ލިބޭނެ އެވެ. އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖް ވެސް މި ހިދުމަތް މެދިވެރިކޮށް ލިބޭނެ އެވެ.

ފައިބަ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގުގެ މި ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 75 ޕަސެންޓަށް ދިރާގުން ވަނީ މި ހިދުމަތް ފޯރުކޮށްދީފަ އެވެ.