27 އޯގަސްޓް 2020 - 07:58

ވީޑިއޯ ގޭމް ކުޅޭ މީހުންނަކީ ގިނައިރުތަކެއް ވަންދެން މައުސް ބޭނުންކުރާ ބައެކެވެ. މިކަމުގެ ސަބަބުން އަތްތިލައިން ދާހިއްލުން އިތުރުވެ، ގޭމް ކުޅެން ދަތި ވެސް ވެ އެވެ. އެހެންވެ މިއޮތީ އެކަމަށް ހޯދައިދިން ހައްލެކެވެ. މިއީ ޒެފާ މައުސް އެވެ.
މައިންޑްސްހަންޓާ އިން އުފައްދާފައިވާ މި މައުސް ކިތަންމެ ގިނަ އިރަކު ބޭނުން ކުރިޔަސް އަތްތިލައިން ދާ ނުހިއްލާނެ ކަމަށް އޭގެ އުފެއްދުންތެރިން ބުނެ އެވެ. މި މައުސް ފަރުމާކޮށްފައި ވަނި އަތުގެ ތެރޭގައި ގެންގުޅޭ އިރު، ފަސޭހައިން ވައި ދައުރުވެ، އަތްތިލަ ފިނިކޮށްދޭނެ ގޮތަށެވެ. އެކަމަށް ހާއްސަ ފީޗާއެއްގެ ގޮތުގައި މައުސްތެ ތެރޭގައި ކުޑަކުޑަ ފަންކާއެއް އިންނާނެ އެވެ.
މިހާރު ކިކްސްޓާޓާގައި ޕްރި-އޯޑަރަށް ވެސް ޒެފާ މައުސް އެބަ ހުއްޓެވެ. ފެށޭ އަގަކީ 89 ޑޮލަރެވެ. މި މައުސް ޝިޕްކޮށްދޭން ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ޒެފާ މައުސް އަކީ އާންމުކޮށް ގެންގުޅޭ މައުސްތަކަށް ވުރެ ލުއި ވެސް ވާނެ އެއްޗެކެވެ. މީގެ ބަރުދަނުގައި ހުންނާނީ 68 ގްރާމެވެ. މީގެ އާރްޖީބީ ފީޗާއާ އެކު މައުސް އަކީ ހިތްގައިމު ކުލަތަލުން ހިތްހަމަޖެހުން ވެސް ގެނެސްދޭނެ އެއްޗެކެވެ.