ޝަކުން ބަޓްރާގެ ތުރިލާގެ ފުރަތަމަ ޝެޑިއުލް ގޯއާގައި
ޝަކުން ބަޓްރާގެ ތުރިލާގެ ފުރަތަމަ ޝެޑިއުލް ގޯއާގައި

ބަތަލާ ދީޕިކާ ޕަދްކޯން އާއި ސިދާންތު ޗަތުރަވެދީގެ އިތުރުން އަނަންޔާ ޕާންޑޭ ލީޑް ރޯލް ކުޅޭ ރިލޭޝަންޝިޕް ތުރިލާގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ކުރިއަށް ގެންދާނީ އިންޑިއާގެ ގޯއާގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން މީޑިއާތަކުން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން ފުރަތަމަ ފަށަން ނިންމާފައި ވަނީ ސްރީ ލަންކާގަ އެވެ. ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ޝޫޓިންގެ ފުރަތަމަ ޝެޑިއުލް 25 ދުވަހަށް ދެމިގެންދާ ގޮތަށް މިހާރު ގޯއާގައި ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި ކާސްޓާއި ކްރޫ، އިންޑިއާގެ ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރު ގޯއާ އަށް ދާނެ ކަމަށް ބުންޏެވެ.

އަދި ނަން އިއުލާންނުކުރާ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމެކެވެ. އަންނަ އަހަރު ރިލީޒްކުރަން ނިންމާފައިވާ ފިލްމުގެ މަންޒަރުތައް ނަގަން ލަންކާ އަށް ދާނީ ގޯއާގެ ޝޫޓިން ނިންމައިލުމަށް ފަހު އެވެ.

މި ފިލްމަކީ 2016 ގައި ގެނެސްދިން "ކަޕޫރް އެންޑް ސަންސް" އަށް ފަހު، ޝަކުން ގެނެސްދޭ ފުރަތަމަ ފިލްމެވެ. އޭނާގެ އަލަތު ފިލްމަކީ 2012 ހެ "އޭކް މޭ އޯރް އޭކް ތޫ" އެވެ.

ދީޕިކާ ބުނެފައިވާ ގޮތުގައި ޝަކުންގެ އާ ފިލްމުވެގެން ދާނީ ބެލުންތެރިން ހައިރާންކޮށްލާނެ ވަރުގެ ކެރެކްޓާތަކަކާއި ސްޓޯރީލައިނެއް ފެނިގެންދާނެ ފިލްމަކަށެވެ. އަދި މި ފިލްމަކީ ވަރަށް ޑާކް ފިލްމަކަށްވާނެ ކަމަށް ބުންޏެވެ.

މިއީ ޝަކުންއާ އެކު ދީޕިކާ މަސައްކަތްކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ.