ކޮވިޑް 19: 125 މީހުން ޕޮޒިޓިވް، ބަލިން އިތުރު 180 މީހުން ރަނގަޅުވި
ކޮވިޑް 19: 125 މީހުން ޕޮޒިޓިވް، ބަލިން އިތުރު 180 މީހުން ރަނގަޅުވި

ކޮވިޑް-19 އަށް އިތުރު 125 މީހުން ޕޮޒިޓިވްވެ ފާއިތުވި 24 ގަޑިއިރުގެ 180 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 112 ދިވެހިންނާއި ބޭރުގެ 13 މީހަކަށް ބަލި ޖެހިފައިވާ ކަމަށެވެ. އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 8،486 އަށް އެރީ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 180 މީހުން ބަލިން ރަނގަޅުވެފައިވާތީ މި ވަގުތު ކޮވިޑަށް ފަރުވާ ދެމުން އަންނަނީ 2،629 މީހުންނަށެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 168 މީހަކަށް ފަރުވާ ދެ އެވެ. ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 5،822 އަށް އަރާފައި ވެ އެވެ.

މާލެއާއެކު ރާއްޖޭގެ 38 ރަށަކުން ވެސް ކޮވިޑްގެ ބަލި މީހުން ފެނިފައި ވެ އެވެ. އޭގެ އިތުރުން 20 ރިސޯޓަކުން 45 މުވައްޒަފުންނާއި 17 ޓޫރިސްޓުންނަށް ބަލި ޖެހިފައި ވެ އެވެ.