21 ސެޕްޓެމްބަރ 2020 - 22:00

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އިންޖިނިއަރިން އާއި ސައެންސް ފެކަލްޓީ އަށް "ސިސްކޯ ޓްރެއިނިން ސެންޓަރު"ގެ ދަރަޖަ މިއަދު ލިބިއްޖެ އެވެ.
މިއީ ބޭރު ގައުމުތަކުގެ ދަރިިވަރުންނަށް އެމްއެންޔޫ ހުޅުވާލަން ލިބުނު އިތުރު ފުރުސަތެކެވެ. ސިސްކޯ އެކަޑަމީ އިންސްޓްރަކްޓަރު ޓްރެއިނިން ސެންޓަރަކީ، ސިސްކޯގެ ކޯސްތައް ކިޔަވައިދޭން އިންސްޓްރަކްޓަރުން ތަމްރީން ކުރާ ސެންޓަރެކެވެ. މިއީ ސިސްކޯ ނެޓްވޯކިން އެކަޑަމީގެ ދަށުން، ކޮމްޕިއުޓަރު ވިއުގަތަކަށް ބޭނުންވާ މަސައްކަތްތެރިން ތަމްރީން ކުރާ މަރުކަޒުތަކެކެވެ.
އެމްއެންޔޫ އަށް މި ދަރަޖަ ލިބުމުން، ސިސްކޯގެ ކޯސްތައް މި ސަރަހައްދުގައި ކިޔަވައިދޭން ފެށޭނެ އެވެ.
ސިސްކޯގެ ކޯސްތަކަކީ ކޮމްޕިއުޓަ ވިއުގަ ތެރެއިން މަސައްކަތްކުރާ ކޮންމެ ބަޔަކަށް މުހިއްމު ކޯސްތަކެކެވެ. އެމްއެންޔޫގެ އިންޖިނިއަރިން ފެކަލްޓީ އިން ދަސްވެނިވާ ހުރިހާ ދަރިވަރުންނަށް، އެ ޔުނިވާސިޓީ އިން ދޭ ސެޓްފިކެޓްގެ އިތުރުން ސިސްކޯގެ ސެޓްފިކެޓެއް ވެސް މީގެ ފަހުން ލިބޭނެ އެވެ.
އެމްއެންޔޫގައި އެޑްވާންސްޑް ސެޓްފިކެޓް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވައިދެ އެވެ. އެ ކޯސްތަކުގެ ތެރޭގައި އެޑިއުކޭޝަނާއި އިންޖީނިއަރިންނާއި ހެލްތު ސައިންސަސް އާއި ޓޫރިޒަމް ސްޓަޑީޒް އަދި ލޯ ކޯސްތައް ހިމެނެ އެވެ. މިދިޔަ މަހު ފެށި މި އަހަރުގެ ދެ ވަނަ އިންޓޭކުގައި 104 ކޯހެއް ކިޔަވައިދޭން ފެށި އެވެ.