ހައި ކޯޓަށް ފަރުހީޒާ އާއި ޝަފީއު
ހައި ކޯޓަށް ފަރުހީޒާ އާއި ޝަފީއު

ހަައި ކޯޓުގެ ފަަނޑިޔާރުކަމަށް ސ. ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ފާތިމަތު ފަރުހީޒާ އަދި ސިވިލް ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައިފި އެވެ.

ހައި ކޯޓަށް ފަރުހީޒާ އާއި ޝަފީއު
ހައި ކޯޓަށް ފަރުހީޒާ އާއި ޝަފީއު

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބޭފުޅުން ހަ އިކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް ކޮމިޝަނުން ނިންމީ މިދިޔަ އާދީއްތަދުވަހު ބޭއްވި އެކޮމިޝަންގެ ޖަލްސާއިން ކަމަށެވެ. ހައި ކޯޓަށް އެ ދެ ބޭފުޅުން އައްޔަންކުރަން ކޮމިޝަނުން ނިންމީ ކޮމިޝަނަށް ލަފާދޭ ކޮމިޓީން "ހައިލީ ރިކޮމެންޑެޑް" ނަމެއްގެ ގޮތުގައި ފަރުހީޒާ އަދި "ރިކޮމެންޑެޑް" ބޭފުޅެއްގެ ގޮތުގައި ޝަފީއުގެ ނަން ފޮނުވުމުންނެވެ.

ފަރުހީޒާ އަކީ މެލޭޝިއާ އިސްލާމިކް ޔުނިވާސިޓީން، ކޯޕަރޭޓް ލޯގެ ދާއިރާގެ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކުރިން ފެމިލީ ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި ޝަފީއު އަކީ ކޯޓުތަކުގައި މަސައްކަތްކުރަައްވާތާ 14 އަހަރު ވެފައިވާ ބޭފުޅެކެވެ. އަދި ގާނޫނީ ދާއިރާ އިން ކިޔަވައިވެސް ދެއްވަ އެވެ.