ބީއެމްއެލުން އުމުރުން ދުވަސްވީ މީހުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކެއް ބާއްވައިފި
ބީއެމްއެލުން އުމުރުން ދުވަސްވީ މީހުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކެއް ބާއްވައިފި

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކި ބްރާންޗުތަކާ ގުޅިގެން އަތޮޅު ތެރޭގައި، "ސްކޭމް" އަދި "ފްރޯޑުން" ރައްކާތެރި ވުމާއި މާލީ ދާއިރާ އަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކެއް ހިންގައިފި އެވެ.

ބީއެމްއެލުން އުމުރުން ދުވަސްވީ މީހުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކެއް ބާއްވައިފި
ބީއެމްއެލުން އުމުރުން ދުވަސްވީ މީހުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކެއް ބާއްވައިފި

މި ބައްދަލަވުންތައް ބާއްވާފައި ވަނީ ޅ. ނައިފަރާއި ށ. ފުނަދު އާއި އއ. ރަސްދޫ އާއި ތ. ގުރައިދޫ ގެ އިތުރުން ގދ. ތިނަދު އާއި ސ. ހުޅުމީދޫގަ އެވެ. މި ހަރަކާތްތަކުގައި އެކި ރަށްރަށުން 300 މީހުން ބައިވެރިވި އެވެ.

ބީއެމްއެލުން ބުނިގޮތުގައި ހުރިހާ ބައްދަލުވުންތައް ވެސް ބާއްވާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެެއްގޮތަށެވެ. މި ބައްދަލުވުންތައް ބޭއްވި ހޯލްތަކުގައި ބައިވެރިންގެ ރައްކާތެރިކަމަށް ސަމާލުކަށް ދީފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ވަނީ ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިން ބޭނުންކުރުމާ ގުޅޭ މައުލޫމާތުތައް މި ބައްދަލުވުންތަކުގައި ދީފަ އެވެ. އެގޮތުން، އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ، ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ދިނެވެ. އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަންވެސް ބީއެމްއެލުން ވަނީ ބައިވެރިންނަށް ކިޔައިދީފަ އެވެ.

މީގެ އިތުރުން އިންޓަނެޓާއި މޮބައިލް އަދި ސެލްފް ސާވިސް ބޭންކިން ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓްމެންޓާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް،، ހިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދީ، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ދިން ކަމަށް ބީއެމްއެލުން ބުނެ އެވެ.