އައިޓިއުންސް އައިޓިއުންސް އިން ޑިޒްނީ ފިލްމްތައް 4K ގައި
އައިޓިއުންސް އައިޓިއުންސް އިން ޑިޒްނީ ފިލްމްތައް 4K ގައި

ޑިޒްނީގެ ފިލްމުތައް އައިޓިއުންސް އިން 4K ކޮލިޓީގައި ވެސް ލިބޭ ގޮތަށް ހަދައިފި އެވެ.

ޑިޒްނީން އެންމެ ފުރަތަމަ މި ހިދުމަތް ތައާރަފުކުރީ އަންގާރަ ދުވަހު އެމެރިކާ އާއި ކެނެޑާގަ އެވެ. އެކަމަކު އަހަރު ނިމުމުގެ ކުރިން އިތުރު ގައުމުތަކަށް ވެސް ލިބޭނެ އެވެ.

ޑިޒްނީން ބުނިގޮތުގައި މި ވަގުތު ޑިޒްނީ އާއި މާވެލްގެ އިތުރުން ޕިކްޒާގެ 80 ފިލްމެއް 4K ކޮލިޓީގައި ލިބޭނެ އެވެ. އަދި ކުރީގެ ކޮލިޓީގައި ފިލްމުތައް ގަނެފައިވާ ނަމަ އިތުރު އަގަކާ ނުލައި އެ އުފެއްދުމެއް 4K އަށް ބަދަލުކޮށްދޭނެ އެވެ.

ޕިކްޗާ ކޮލިޓީ މަތިކޮށް އައިޓިއުންސް އިން ލިބޭ ގޮތަށް ހެދި ޑިޒްނީގެ ފިލްމުތަކުގެ ތެރޭގައި މި ފަހުން ނެރުނު ގިނަ ފިލްމުތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި "ލަޔަން ކިންގް"، "އަލައްދިން"، "އަ ރިންކަލް އިން ޓައިމް"، "އެވެންޖާޒް" ގެ ފިލްމުތައް، "ބިއުޓީ އެންޑް ދަ ބީސްޓް"، "ބްލެކްޕެންތާ"، "އެންޓްމޭން" ގެ ފިލްމުތައް، "ކެޕްޓަން މާވެލް" ގެ ފިލްމުތައް، "ކާޒް" ގެ ފިލްމުތައް، "ޑަމްބޯ"، "މެލަފިޝަންޓް' ގެ ފިލްމުތައް، "އަޔަންމޭން" ގެ ފިލްމުތައް، "ސްޓާ ވޯސް" ގެ ފިލްމުތައް، "ޓޯއި ސްޓޯރީ" ގެ ފިލްމުތައް، "ތޯ" ގެ ފިލްމުތައް އަދި މިދިޔަ މަހު ޑިޒްނީ ޕްލަސް އިން ޕްރިމިއާކުރި "މުލާން" ވެސް ހިމެނެ އެވެ.

ޑިޒްނީގެ ފިލްމުތައް 4K ކޮލިޓީގައި ވުޑޫ ޕްލެޓްފޯމް މެދުވެރިކޮށް އެޕަލްގެ ޑިވައިސްތަކުން ވެސް ބެލޭނެ އެވެ.