ކަލާފާނު ސްކޫލުގެ ޓީޗަރުން ވައިބަ ސްޓިކާ ޕެކެއް ތައާރަފުކޮށްފި
ކަލާފާނު ސްކޫލުގެ ޓީޗަރުން ވައިބަ ސްޓިކާ ޕެކެއް ތައާރަފުކޮށްފި

ޓީޗަރުންގެ ދުވަހާ ގުޅުވައިގެން، ކަލާފާނު ސްކޫލުގެ ޓީޗަރުން، ވައިބަ ސްޓިކާ ޕެކެއް ތައާރަފުކޮށްފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ރަހުމާ އީސާ ވިދާޅުވީ، ސީނިއާ މެނޭޖްމަންޓް ޓީމް (އެސްއެމްޓީ) ގެ ބޭފުޅުން ސިފަވާގޮތަށް ތައްޔާރުކޮށް ހާއްސަކުރި ހަދިޔާގައި، ވާހަކަދެއްކުމުގައި ދިވެހިން އާއްމުކޮށް ބޭނުންކުރާ ބަސްތައް ހިމެނޭނެ ކަމަށެވެ. އޭގެތެރޭގައި، "ހުވާތަ؟"، "އަސްލުތަ؟" ފަދަ ބަސްތައް ވެސް ހިމެނެ އެވެ.

"އެސްއެމްޓީގެ އަގުވަޒަންކޮށް، ޓީޗަރުންގެ ދުވަހު، ޓީޗަރުންގެ ފަރާތުން ލިބުނު ހަދިޔާއެއް މިއީ،" ރަހުމާ ވިދާޅުވި އެވެ.

މީގެ ކުރިން ސްކޫލުގައި ޓީޗަރުންގެ ދުވަސް ކިތަންމެ ކުލަގަދަކޮށް ފާހަގަކުރިއަސް ކޮވިޑް-19 ގެ ބަލިމަޑުކަމާހެދި އެ ފުރުސަތެއް މިފަހަރު ނުލިބެ އެވެ. މިިދިޔަ ހޯމަ ދުވަހު ކަލާފާނު ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރީ، ވާޗުއަލްކޮށެވެ. އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއެކު ކަލާފާނުގެ ހުރިހާ ދަރިވަރުންނާއި ޓީޗަރުން ބައިވެރިވި އެވެ.

ހާއްސަ މެހެމާނެއްގެ ގޮތުން، ޕްރޮފެސަރު ހަސަން އުގެއިލް ބައިވެރިވެވަޑައިގެން، ޓެކްނޮލޮޖީއަށް ބަރޯސާވާންޖެހިފައިވާ މި ދަނޑިވަޅުގައި އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.