ކޮވިޑް-19 އަށް 35 މީހަކު މިއަދު ޕޮޒިޓިވް
ކޮވިޑް-19 އަށް 35 މީހަކު މިއަދު ޕޮޒިޓިވް

ކޮވިޑް-19 އަށް މިއަދު ރާއްޖެއިން 35 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 32 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށެވެ. އޭގެ ތެރެއިން 30 މީހުންނަކީ ދިވެހިން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10،600 އަށް ވުރެ މައްޗަށް މިހާރު ވަނީ ގޮސްފަ އެވެ. އޭގެ ތެރެއިން 9،500 އަށް ވުރެ ގިނަ މީހުން ރަނގަޅު ވެފައިވާތީ މިވަގުތު ފަރުވާ ދެމުން ދަނީ 1،068 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އޭގެ ތެރެއިން 387 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައިި ތިބިއިރު، 63 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.