16 އޮކްޓޯބަރ 2020 - 16:07

މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭތީ ސަމާލުވާން އެދި މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓުން އިން ބުނީ ހއ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް މިރޭ 9:00 އާ ހަމަ އަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުކް އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
މެޓުން ލަފާކުރާ ގޮތުގައި މި ވަގުތު ރާޅުގެ އުސްމިނުގައި 5-8 ފޫޓު ހުންނާނެ އެވެ.
އެ އިދާރާއިން ވަނީ މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، ދަތުރުކުރާއިރު އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.