20 އޮކްޓޯބަރ 2020 - 11:21

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ،
އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުން ޕޮމްޕޭ ރާއްޖެ ވަޑައިގަންނަވަނީ އިންޑިއާ އާއި ސްރީ ލަންކާއަށް އަންނަ މަހުގެ ތިން ވަނަ ދުވަހު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފަހުގެ ތާރީޚެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރަކު ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.
އެމެރިކާ އެންމެ އިސް ވަޒީރު ކަމުގައި ހުންނެވި މައިކް ޕޮމްޕޭގެ މި ދަތުރުފުޅާ ބެހޭ ގޮތުން އެމެރިކާ އަދި ދިވެހި ސަރުކާރުން ވެސް ވަކި އެއްޗެއް އަދި ހާމައެއް ނުކުރެ އެވެ. ޕޮމްޕޭ ވަޑައިގަންނަވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ބާއްވަން ގާތްވެފައި ވަނިކޮށެވެ.
މައިކް ޕޮމްޕޭ ރާއްޖެ ވަޑައިގަންނަވާއިރު، އެމެރިކާ އާއި ރާއްޖެއިން ދާދިފަހުން ވަނީ ދިފާއީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ