20 އޮކްޓޯބަރ 2020 - 15:03

ދިރާގު ޓީވީއަށް އަމާޒުކޮށްގެން ދިރާގުން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މުއްދަތު މި އަހަރުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް 450ރ. އަށް ލިބެ އެވެ.
ދިރާގު ޓީވީ މެދުވެރިކޮށް 100އަށް ވުރެ ގިނަ ޗެނަލް ލިބެން ހުރެ އެވެ. އޭގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު ސްޓާ ޗެނަލްތަކާއި އަލަށް ދިރާގު ޓީވީއަށް އިތުރު ކުރި ޒީގެ ޗެނަލްތައް ވެސް ހިމެނެ އެވެ.
މިއީ އެޗްޑީ ކޮލިޓީގައި ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓު ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ޓީވީ އެވެ. ދިރާގުން ވަނީ ކޮންޓެންޓާއި ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ 73 ޕަސެންޓު ގޭބިސީ އަށް މި ހިދުމަތް ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި ދިރާގު ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނުލިބޭ ރަށްރަށް ވެސް ހިމެނެ އެވެ.
ދިރާގުން ބުނިގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ޚަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހިންނަށް ހެޔޮ އަގުގައިި ފަސޭހަކަމާ އެކު ލިބޭ ގޮތް ހަދައި ދިނުމަށެވެ.
ދިރާގު ޓީވީގެ ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް އެ ކުންފުނީގެ ވެބްސައިޓު https://bit.ly/3kr98LW މެދުވެރިކޮށް އެ ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ އެވެ.