ކޮވިޑް-19 އަށް 33 މީހަކު ޕޮޒިޓިވްވެއްޖެ
ކޮވިޑް-19 އަށް 33 މީހަކު ޕޮޒިޓިވްވެއްޖެ

ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 33 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖަންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 އާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 20 ދިވެހިންނާއި 13 ބިދޭސީން ކަމަށެވެ. މީގެ ތެރެއިން 24 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ.

މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 919 މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި 22 ޓޫރިސްޓުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ 34 މީހުން ހިމެނެ އެވެ.

މާލޭގެ އިތުރުން 21 ރަށެއްގަ އާއި 23 ރިސޯޓެއްގައި ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުން ތިބިކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 11،391 އަށް ވަނީ އަރައިފަ އެވެ. މިހާތަނަށް 10،428 މީހުން ބަލިން ރަނގަޅުވެފައިވާ އިރު ބަލި ޖެހިގެން 37 މީހަކު ވަނީ މަރުވެފަ އެވެ.