ކޮވިޑް-19 އަށް މިއަދު 42 މީހުން ޕޮޒިޓިވްވެއްޖެ
ކޮވިޑް-19 އަށް މިއަދު 42 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް މިއަދު ރާއްޖެއިން 42 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 22 މީހުންނަކީ ރަށްރަށާއި ރިސޯޓްތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 19 މީހުންނަކީ ދިވެހިން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 11،700 އަށް އަރާފައި ވާއިރު އެ ބައްޔަށް މިހާރު ފަރުވާ ދެނީ 773 މީހަކަށެވެ. އޭގެ ތެރެއިން 51 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ދާއިރު 243 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މަރުވީ 38 މީހުންނެވެ.