އިންޑިއާގެ ފޮރިން ސެކްރެޓަރީ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
އިންޑިއާގެ ފޮރިން ސެކްރެޓަރީ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ އަންނަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އާދިއްތައިން އަންގާރަ ދުވަހުގެ ނިޔަލަށް ޝްރިންގްލާ ކުރައްވާ އެ ދަތުރަކީ ރާއްޖޭގެ ފޮރިން ސެކެޓްރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. އެއީ މިިދިޔަ ޖެނުއަރީ މަހު މަގާމާ ހަވާލުވެ ވަޑައިގަތް ޝްރިންގްލާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝްރިންގްލާގެ އެ ދަތުރުގަައި ރައީސް އިބްރާހިމް މުހަައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ޓޫރިޒަމް މިިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ޝްރިންގްލާ ރާއްޖެ ވަޑައިގަންނަވާއިރު، އެމެރިކާގެ ފޮރިން ސެކްރެޓްރީ މައިކް ޕޮމްޕޭ ވެސް މިދިޔަ މަހުު ވަނީ ރާއްޖެ ވަޑަައިގެންފަ އެވެ. އެއީ 16 އަހަރު ފަހުން އެމެރިކާގެ ފޮރިން ސެކްރެޓަރީއަކު ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރެވެ.