އައްޑު އަށް ކަނޑުމަގުން އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
އައްޑު އަށް ކަނޑުމަގުން އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އައްޑު އަށް ކަނޑުމަގުން އެތެރެ ކުރަން އުޅުނު ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި އެވެ.

ފުލުހުންނާއި ފާރަގެމަ އާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 2.2 ކިލޯގްރާމްގެ މަސްތުވާތަކެތި ހޯދާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
ފުލުހުން އެ ތަކެތި އަތުލައި ގަތީ އިންޑިޔާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ހިތަދޫ ސަރައްދީ ބަނދަރަށް ދިއުމަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތިން ބޯޓް ހުއްޓުވުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ދެނެގަންނަ ކުއްތާތަކާއެކު ފުލުހުން ބޯޓު ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 2.2 ކިލޯގެ ތަކެތި ފެނިފައި ވަނީ އެ ބޯޓުގެ ކޮޓަރިއެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. އެހެން ނަމަވެސް މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.