ތިނަދޫގައި މީހަކު ރަހީނު ކުރި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި
ތިނަދޫގައި މީހަކު ރަހީނު ކުރި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫގައި މީހަކު ރަހީނު ކުރި މައްސަލައެއްގައި ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި ރަހީނު ކުރި މީހާ މިއަދު ވަނީ، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 38 އަހަރާއި 27 އަހަރާއި 45 އަހަރު އަދި 52 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް އެތަނުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަދި ތިނަދޫ ކައުންސިލުން ވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.
އެ ރަށު ކައުންސިލުން ބުނީ މީހަކު ރަހީނު ކުރިކަމެއް ރަސްމީކޮށް އެތަނަށް އެނގިފައި ނުވާ ކަމަށެވެ.

މާލޭގައި ވެސް މީގެ މަހެއްހާ ދުވަސްކުރިން ވަނީ އަންހެނަކު ރަހީނުކޮށްފަ އެވެ. އެ މައްސަލަައިގައި ވެސް ފުލުހުން ބަޔަކު ހައްޔަރުކުރި އެވެ.